ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތުގައި ދޫކުރި އެސްޑީއެފްސީ އަދި އެޗްޑީއެފްސީ ލޯނުގެ އިންޓްރެސްޓް މާޢާފުކުރުމަށް ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ހާލަތުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ދޫކުރި ލޯނުތަކުގެ އިންޓްރަސްޓް މާޢާފުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުގެ ތެރެއިން ފޮނަދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔޮތުންނަށް ދެވެންހުރި ލުޔެއްނަމަ އެކަން ވެސް ކުރައްވާނެ ކަަމަށެވެ. އެހެންކަމުން  ރޯދަ މަހުވެސް ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ގިނަ ކަންކަން ކުރުމަށް ރާވައިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހަރަދުގެތެރެއިން ކަނޑާލާފައި، ހަރަދުކުރަންޖެހޭވަރު ކުޑަ ކުރުމަށް ބިލްތަކުންނާއި އެކިގޮތްގޮތުން ލުއިތައް ދެވޭތޯ ބަލައިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެތެރޭގައި ވަރަށް ގިނަ މީހުން ހާލުގައި ޖެހުނުކަމަށާއި، ވަރަށްގިނަ މީހުން ލޯނު ކޮވިޑްގެ ސަބަބުން ލޯނު ނެގިކަމަށް ރައީސް ވިދާޅުވިއެވެ. އެސްޑީއެފްސީ ބޭންކުންނާއި ނެގި ލޯނުތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ލޯނުތަކުގެ އިންޓްރެސްޓް އަރަމުން ގޮސް ނުކަތާ ހިސާބަށް ލޯނުތައް ގޮސްފައިވާކަމަށެވެ.

“މިދިޔަ ސަރުކާރުން ދެއްކިވާހަކައަކީ އިންޓްރެސްޓު މާފުކުރާނަމޭ. އެކަމު ނުކުރެ. ނުކޮށް ވެރިަކން ބަދަލުވެގެން ދިޔައީ. އަޅުގަނޑުމެން ހަވާލުވެފައި މިކޮވިޑް ލޯނު ނެގި ފަރާތްތަކުގެ އިންޓްރެސްޓް މާފުކުރުމަށްޓަކައި މަސައްކަތް ފެށިން. މިދިޔަ ހަތަރު މަސް ތެރޭގައި އެމަސައްކަތް ކުރެވިފައިއެވަނީ. އެކަމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާފަ. އެހެންވީމާ އިރާދަކުރެއްވިއްޔާ އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން”

  1. ރައީސް ވިދާޅުވީ އެ އިންޓްރަސްޓު މާޢާފުކުރުމަށް ނިންމާފައިވާކަމަށެވެ. ހުރިހާ އެންމެންގެ ލޯނުގެ އިންޓްރެސްޓް މާޢާފުކުރައްވާނެ ކަމަށާއި އެ ލޯނު ނެގި ފަރާތްތަކުން އީދު ބަންދަށްފަހު ހުޅުވޭ ދުވަހު އެސްޑީއެފްސީ، އެ ބޭންކަށް އެޕްލައި ކުރުމުން އެ ކަމުގެ އެގްރީމެންޓު ހަދުމުން ލޯނުގެ އިންޓްރެސްޓް މާފު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ކޮވިޑާއި ގުޅިގެން ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާފައިވާ ލޯނުތައް ނެގި މީހުންނަށްވެސް މަހުން މަހަށް ފައިސާ ދަންކަންޖެހޭ މިންވަރު ލަސްކޮށްދީފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އިންޓްރެސްޓް އަރަމުން ދިޔަ ކަމަށާއި އެކަން ވެސް މާފު ކޮށްދޭން ކަމަށް ރައިސް ސޯލިހް ސަރުކާރުން ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަސައްކަތްވެސް މިހާރު ކުރައްވާފައިވާ ކަމަށާއި އިދާރީ ހުރިހާ މަސައްކަތެއްވެސް ނިންމާފައިވާ ކަމަށެވެ. އެއްވެސް ކަމެއް އިންތިހާބެއް އައިސް ބޯމަތިވީމަ ކުރަން އެއްވެސް ކަމެއް ބަހައްޓާފައި ނުހުންނާނެ ކަމަށާއި ފުރަތަމަ ދުވަހުން ހުރިހާ ކަމެއް ފަށައިގެން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ވިދާޅުވީ އެ ދެ ލޯނުގެ އިންޓްރެސްޓް ވެސް މާފު ކުރަން ސަރުކާރުން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. ރައިސް ވިދާޅުވީ މިސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއިކޮށްދޭން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: