ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެއާއި ދުވާލު ރައީސް މުއިއްޒުގެ ސްޕީޑުގައި މަސައްކަތްކޮށް ނަތީޖާ ނެރެދޭނަން: ވަޖީހު

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވާހަކަ ދައްކަވަނީ --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ މެރިޓައިމް ހަބުގެ މަސައްކަތް ނިމުމުގައި އެމްޕީއެލްގެ މުވައްޒަފުން ވަރުބަލި ނުވާނެ ކަަމަށާއި، ރެއާއި ދުވާލު ރައީސް މުއިއްޒުގެ ސްޕީޑުގައި މަސައްކަތްކޮށް ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ވަޖީހު ވިދާޅުވީ މީގެ ކުރިން އެއްވެސް ރައީސަކު ވިސްނަވާފައިނުވާ ވަރަށް ރައީސް މުއިއްޒު އިގްތިސާދީ ކަންކަމާމެދު ވިސްނަވާ ކަމަށެވެ. ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ 2 ނިއުމަތުގެ ތެރެއިން އެއްކަމަކީ ދޮންވެލި އަތިރިމަތިތައް ކަމަށާއި އަނެއް ނިއުމަތަކީ ރާއްޖެ އޮތް ސަރަހައްދު ކަމަށް ވަޖީހު ވިދާޅުވިއެވެ. މި ސަރަހައްދަކީ އެތައް ބައިވަރު ވިޔަފާރި ދައުރުވަމުންދާ ސަރަހައްދެއް ކަމަށް ވަޖީހު ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާ ހިސާބަށްއައި އިރު މި އިގްތިސާދީ މަންފާ ދިވެހިރާއްޖެއަށް ހޯދަވައިދެއްވި އެއްވެސް ރައީސެއް ނެތް ކަމަށް ވަޖީހު ވިދާޅުވިއެވެ. އެހެންކަމުން ގަބޫލުުރަނީ ރައީސް މުއިއްޒަކީ އިގްތިސާދީ މާހިރެއްކަން ކަމަށް ވަޖީހު ވިދާޅުވިއެވެ. އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މެރިޓައިމް ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ.

އެއްކަމަކީ ގާދޫގެ ޕޯޓް ނުވަތަ މެރިޓައިމް ހަބާއި، މާލޭ ކޮމާޝަލް ހަބް ތިލަފުއްޓަށް ބަދަލު ކުރުމާއި، އިހަަވަންދިއްޕޮޅު ތަރައްގީ ކުރުންކަމަށާއި އެ ތިން ޕޯޓުގެ މަަސައްކަތްވެސް މިހާރު ވަނީ އެމްޕީއެލް އާއި ހަވާލުކޮށްފައި ކަމަށް ވަޖީހު ވިދާޅުވިއެވެ. ގާދޫގައި ގާއިމު ކުރުމަށް ނިންމާފައި ހަބުގައި މައިގަނޑު ހަ ބައެއް ވާނެ ކަމަށާއި އޭގެ ތެރޭގައި އޮފްޝޯ ބަންކަރިން ހިމެނޭ ކަމަށް ވަޖީހު ވިދާޅުވިއެވެ.

ދުނިޔޭގެ މި އެރީއާއިން ދަތުރުކުރާ އެރައް އުޅަނދު ތަކެއް އެބަދޭ އެ ބޯޓު ފަހަރަށް ހިދުމަތްދޭނެ ބަޔަކުނެތިފައި މި އޭރިއާގައި. އެހެންކަމުން އަޅުގަނޑުމެން ލ. ގާދޫގަިއ މި ގާއިމުކުރާ އޮފް ޝޯ ބަންކަރިންނަކީ މި ސަރަހައްދުން ދަތުރުކުރާ ހުރިހާ ބޯޓަކަށް ބަންކަރިންގެ ހިދުމަތް ގާއިމު ކޮށްދެވޭ ގޮތަށް ތައްޔާރުކުރާ ހަބެއް

މިކަމުގެ ނަތީޖާއަކަށްވެގެން ދާނީ މި އަތޮޅަށް އިގްތިސާދީގޮތުން ޑޮލަރުގެ މަންފާކޮށް ބޮޑެތި ބަދަލުތަކެއް އައުން ކަމަށް ވަޖީހު ވިދާޅުވިއެވެ. ދެވަނަކަމަކީ ކުރޫޒް ޓާމިނަލް ގާއިމްކުރުމާއި، ސުޕަރޔޮޓް މެރީނާ އެއް ގާއިމު ކުރުމަށްޓަކައި، އީކޯ ރިސޯޓެއް ގާއިމު ކުރުމާއި، ސްޓޯރޭޖެއް ގާއިމުކުރައްވާނެ ކަމަށާއި އަދި މީގެ އިތުރުން ޓްރާންޝިޕްމެންޓު ޕޯޓެއް ގާއިމު ކުރައްވާނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: