ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބާއި ދިމާކޮށް ވޯޓަށް ނުފޫޒް ފޯރުވުމާއި، ވޯޓު ގަތުމުގެ ކަންކަން ދަނީ ހިނގަމުން: ޓްރާސްޕޭރެންސީ

ޔާސީ އިންތިހާބާއި ގުލިގެން މާލޭގެ މަޖީދީމަގުގައި ސިޔާސީ ޕާޓީތއަކުން ދިދަ ދަމާފައި: ފޮޓޯ/ މުހައްމަދު އަފްރާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވައި، ވޯޓު ގަތުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބު ހިމެނޭހެން ކޮންމެ އިންތިހާބަކަށް ވެސް ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވޯޓު ހޯދުމަށް މަސައްކަތް ކުރުމެވެ. އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބާ ދިމާކޮށް ޓްރާންސްޕޭރަންސީން ނެރުނު ރިޕޯޓުގައި ވަނީ ވޯޓުގެ ބޭނުމުގައި ޕްރޮޖެކްޓުތައް އިއުލާނު ކުރުމާއި ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ވަޒީފާއަށް ނެގުން އާންމުވެފައިވާ ކަމަށެވެ.

މިނިވަން، އިންސާފުވެރި، އަދި އިތުބާރު ކުރެވޭ އިންތިހާބު ބޭއްވުމަށް ގާނޫނީ އޮނިގަނޑުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނަމަވެސް ޓްރާންސްޕޭރަންސީގެ ރިޕޯޓުގައި ވަނީ އާންމުކޮށް އިންތިހާބުތަކުގައި ތަކުރާރުވާ މައްސަލަތައް ހިމެނޭ ރިޕޯޓެއް އެސެސްމެންޓެއްގެ ގޮތުގައި އާންމުކޮށްފަ އެވެ. 

މި ރިޕޯޓުގައި ވަނީ، މަޖިލިސް އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ނުފޫޒު ފޯރުވުން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ކުރީގެ އިންތިހާބުތަކުގައި އާއި ކެންޕެއިން މުއްދަތާ ދިމާކޮށް މިފަދަ މަޝްރޫއުތައް އަބަދުވެސް އާންމުވާކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީ ބުނެފައި ވަނީ ދައުލަތް ހިއްސާވާ ކުންފުނިތައް ވެސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބޭނުން ކުރަމުންދާކަމަށެވެ. ރިޕޯޓުގައި ބައެއް ކެންޑިޑޭޓުންނާއި ހަވާލާދީ ބުނެފައި ވަނީ، ބައެއް އާންމު ރައްޔިތުން ވޯޓުގެ ބަދަލުގައި ފައިސާއަށް އެދެމުންދާކަމަށް ބުނެފަ އެވެ. އަދި ކެންދިޑޭޓުން ވެސް ވޯޓުގެ ބަދަލުގައި ފައިސާއާއި، އެހެނިހެން އަގުބޮޑެތި ހަދިޔާތައް ހުށަހަޅާކަމަށް ވެއެވެ.

ޓްރާންސްޕޭރަންސީއިން ބުނެފައި ވަނީ އާންމު ރައްޔިތުން ރަނގަޅު ގޮތުގައި މެމެބަރުންނަށް ތަމްސީލު ނުކުރެވޭކަމަށް ބުނެފަ އެވެ. އޭގެ ސަބަބަކީ ދާއިމީ އެޑްރެސްއަށް ބަލާ، ދާއިރާތަކަށް ވޯޓުލާ މީހުންގެ ލިސްޓުތައް ދާއިމީ އެޑްރެހަށް ބިނާވެފައި އޮތުމުން ވޯޓުލާ ފަރާތޮތަކަށް ވޯޓުލުމަށް މަޖުބޫރުވުމެވެ. އަދި އާންމުކޮށް ދިރިއުޅޭ، އިޖްތިމާއީ އިގްތިސާދީ އަދި ސިޔާސީ ގޮތުން އެތަނަކާއި ގުޅުންހުރި ދާއިރާތައް ވެސް ބާޔާންނުގައި ވަނީ ފާހަގަކޮށްފައެވެ.

މާލެއަށް އަލަށް އިތުރުކުރެވުނު ދެ ދާއިރާއަށް ދަފަތަރުގައި ހިމެނޭ ގިނަ ފަރާތްތަކެއް އިލެކްޝަން ކޮމިޝަނުން ހިމެނުނުކަމުގައި ވީނަމަވެސް، މިފަދަ ” ރެންޑަމް އެލުކޭޝަން” އަކުން އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ފުރިހަމައަށް ހައްލެއް ނުލިބޭނެކަމަށް ޓްރާންސްޕޭރަންސީއިން ބުންޏެވެ.

ބަޔާން ނިންމާލަމުން ޓްރާންސްޕޭރަންސީން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ މައްސަލަތައް ބެލުމަށް ގާނޫނުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން އިތުރު ޒިންމާދާރުކަމާއި އެކު އަމިއްލަ އިސް ނެގުމަށް މައްސަލަތައް ބަލަން ޖެހޭކަމަށް

ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އެހެން ފަރާތަތަކަށް ސިޔާސީ ޕާޓީގެ ފެންވަރުގައި އަންހެނުންނަށް ކުރިމަތިވެދާނެ ހުރަސްތަށް ދެނެގަނެ، އަމިއްލަ އިސްނެގުމުގެ މަތިން ކޯޓާ ނިޒާމެއް ޓްރާންސްޕޭރެންސީ މޯލްޑިވްސް ގޮވާލުމުގައި ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ދާއިރާތަކުގެ އަދަދު ކެޕް ކުރުމުގެ ވިސްނުމުގައި ދާއިރާތަކުގެ ބޮޑުމިނާއި އަދަދު ކަނޑައެޅުމަށް މިހާރު އަމަލުކުރަމުންދާ ފޯމިއުލާ ބެހޭ ފަރާތްތަކުން މުރާޖާއާ ކުރުންވެސް ގޮވާލުމުގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: