ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިޙާބުގެ ނަތިއްޖާއިން ސާބިތުވީ ރައީސް މުއިއްޒު ރިޔާސީ އިންތިޙާބު ކާމިޔާބު ކުރީ ހުސްގޮނޑި ދައްކައިގެންނޫންކަން: ޤާސިމް

މަޖިލީސް އިންތިޙާބުގެ ނަތިއްޖާއިން އިގިގެން ދިޔައީ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރީ ހުސްގޮނޑި ދައްކައިގެންނޫންކަން: ޤާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއީން ސާބިތުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ “ހުސް ގޮނޑި” އެއް ދައިގެން ނޫންކަން، ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލީޙުގެ އިންތިހާބުގައި ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު ގާސިމް ވިދާޅުވީ ރައީސް މުުއިއްޒުއަށް ލިބުނު ކާމިޔާބީގެ އަސްލަކީ އެމަނިކުފާނުގެ ޓީމުން އިހުލާސްތެރި ކަމާއިއެކު ކުރި ބުރަ މަސައްކަތް ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމް ޕީއެންސީން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ.

ރައީސް ޑރ. މުޢިއްޒު ޕީޕީއެމް، ޕީއެންސީގެ  ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހަމަޖެހިގެން ދިޔައީ ރައީސް ޔާމީންގެ މައްޗަށް އޭރު ޖަލު ހުކުމެއް އޮތުމުން ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ ކެންޑިޑޭސީ ބާތިލް ކުރުމާއި ގުޅިގެންނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕީއެމް، ޕީއެންސީން ބޭއްވި ޖަލްސާތަކުގައި ރައީސް ޔާމީންއަށް ހާއްސަކޮށްގެން ހުސްގޮނޑިއެއް ބަހައްޓާފައިހުރެއެވެ. އަދި ކެމްޕޭން ޖަލްސާތަކުގައި ޕީޕީއެމް ޕީއެންސީގައި ޔާމީނަށް އޮތް އިޙުތިރާމާއި ލޯބި ދެއްކުމުގެ ގޮތުން އެ މަނިކުފާނުގެ ނަމުގައި ބެހެއްޓި ހުސްގޮނޑިއަށް ވެސް ގިނަ ބައެއްގެ ސަމާލު ކަން ލިބިފައިވާއިރު ސަރުކާރާ ދެކޮޅު ފަރާތްތަކުން ތުހުމަކުރަމުން އައީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ހުސްގޮނޑި ދައްކައިގެން ކަމަށެވެ.

އެކަމާއި ގުޅިގެން  ޤާސިމް ވިދާޅުވީ ބޮޑު ނަތިއްޖާއަކުން 20 ވަނަ މަޖިލީޙުގެ އިންތިހާބުން ރައީސް މުއިއްޒުއަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް އަދި ވަކި ބޭފުޅެއްގެ ފޮޓޯއެއްވެސް ބަހައްޓަފައިނުވާ ކަމަށެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުއަށް އެންމެ ބޮޑެތި ފާޑުކިޔުންތަކާއި، ބޮޑެތި ތުހުމަތުތައް ކުރީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް މުއިއްޒު ދެއްކެވި ކަމަށް ބުނާ “ހުސްގޮނޑި” ނިސްބަތްވި ބޭފުޅާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ސަރުކާރައް ކުރަމުން ގެންދިޔަ ދޮގު ތުހުމަތުތަކާއި އަދި މެދު މެދުކެނޑުމެއްނެތި ހަދަމުން ގެންދިޔަ ދޮގޮތައް ރައްޔިތުން ގަބޫލު ނުކުރިކަން ލިބުނު ކާމިޔާބީން ޔަގީންވާ ކަމަށް ގާސިމް ވިދާޅުވިއެވެ. .

މީގެ އިތުރުން ގާސިމް ވަނީ އޭނާ އެދިވަޑައިގެން ނޫންނަމަވެސް، މި އިންތިޙާބުގައި މާމިގިލި ދާއިރާއަށް ވާދަކުރުމުން، އެ ދާއިރާއަށް ޕީއެންސީން ކެންޑިޑޭޓެއް ނުނެރެ ތާއީދު ކުރީތީ ރައީސްއަށް ޝުކުރު ދަންނަވާކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް 70އަށްވުރެ ގިނަ ގޮނޑިއާއިއެކު މަޖިލީހުގެ ސުޕަމެޖޯރިޓީ ވަނީ ލިބިފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ލިބިފައި ވަނީ ވަގުތީ ނަތީޖާ ދައްކާ ގޮތުން 14 ގޮނޑިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: