ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެނގިގެން ދިޔައީ ވިއްކަން އުޅޭ ދޮގު ދޮލަނގުތައް ރައްޔިތުން ބަލައިނުގަންނަކަން: ހީނާ

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ރެލީ/ ފޮޓޯ: ހަތާވީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިއްޔެ ފެނިގެން ދިޔައީ ރައްޔިތުން ސަރުކާރަށް ކުރާ ފުރިހަމަ އިތުބާރާއި އުންމީދުކަމަށް ޕީޕީއެމް/ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކޮންގްރެސް ކޯލިޝަނަށް ލިބުނު ބޮޑު ކާމިޔާބީއާއި އެކު ޕީއެންސީ ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފަ އެވެ. މިހާތަނަށް ފެންނަން ހުރި ނަތީޖާތައް ދައްކާގޮތުން ޕީއެންސީއަށް ވަނީ 70 އަށް ވުރެ ގިނަ ގޮނޑި ލިބިފަ އެވެ. އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މަޖިލީހުގައި ގިނަ ދުވަސްވީ ޒުވާން މެމްބަރުންގެ މައްޗަށް ކުރި ހޯދާފަ އެވެ.

ސަރުކާރަށް އަޣުލަބިއްޔަތު ނުލިބޭނެކަމަށް ބުނެ އެމްޑީޕީން ފާޑުކިއުން އަމާޒު ކުރިއިރު، މި އިންތިހާބުގައި އެ ޕާޓީއަށް ލިބިފައި ވަނީ އެންމެ 14 ގޮނޑި އެވެ.

ކާމިޔާބީ ފާހަގަކޮށް މިއަދު ހީނާ ކުރި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސިޔާސަތެއް ނެތި އެންޓި ކެމްޕެއިންކޮށް އަޅުވާ ދޮގު ތުހުމަތުތައް ރައްޔިތުން ބަލައިނުގަންނާނެކަން ސާފުވެފައިވާ ކަމަށެވެ. އަދި މަކަރާއި ހީލަތުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ސާފުކޮށް ނޫނެކޭ ބުނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އިއްޔެގެ އިންތިހާބުން އެނގިގެން ދިޔައީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރާ އިތުބާރެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ކެމްޕެއިނަށް ބޭއްވި ޖަލްސާތަކުގައި ރައީސް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގެންފައި ވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ އަޣުލަބިއްޔަތު ލިބިގެން ނޫން ގޮތަކަށް މެނިފެސްޓޯ ތަންފީޒު ނުކުރޭވެނެކަމަށާއި، މަޖިލީހަށް ބޭނުން ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހާއްސަ ހަފްލާއެއް ހަވާ އެރުވުމާއި އެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: