ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ މިހާތަނަށް ހަތްލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި ޓޫރިޒަމް މިނިސްޓަރ

ބޯޑަރު ހުޅުވާލިފަހުން ރާއްޖެގެ ފަތުރުވެރިކަން ވަނީ ރަނގަޅުވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ހަތްލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖޭއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ ހާމަކޮށްފައިވެއެވެ.

މިއަހަރު ޖެނުއަރީ ފެށިގެން އޭޕްރިލް 17 އާއި ހަމައަށް 703،292 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި މުއްދަތުގައި މިދިޔަ އަހަރު ޖުމްލަ 616،095 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، 2022 އަހަރުގެ ތަފާސް ހިސާބުތަކަށް ބާލާއިރު 518،578 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2023 އާއި 2024ވަނަ އަހަރާއި އަޅައި ބާލާއިރު އެއީ %14.2އަިންސައްތައިގެ ކުރިއެރުމެކެވެ.

ދުވާލެއްގެ މައްޗަށް 6،206 ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ޖުމްލަގޮތެއްގައި ފަތުރުވެރިން 7.9 ދުވަހު ރާއްޖޭގައި ހޭދަކުރެއެވެ. މިމަހު ޖުމްލަ 99،288 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައިވާއިރު މި އަހަރުގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 217،392 ފަތުރުވެރިން ފެބްރުއަރީ މަހު އެވެ.

މި އަހަރު ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު:

ޗައިނާ 75،228

ޔޫ.ކޭ 70،529

ރަޝިޔާ 69،838

އިޓަލީ 63,775

ޖަރުމަނީ 55,551

އިންޑިއާ 39,201

ފުރާންސް 26,766

ޔޫ.އެސް.އޭ 24,481

ސުވިޒްލޭންޑް 17,557

ޕޯލޭންޑް 14,951

އެންމެ ގިން ފަތުރުވެރިން ޒިޔާރަތްކުރި ގަައުމަކީ ޗައިނާއަށް ވާއިރު ލިސްޓުގެ އެންމެ ދަށުގައިވަނީ ޕޯލޭންޑްއެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 40,358 ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒާކީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނެއުމެވެ. މި އަހަރު މުޅިން އަލަށް ނިންމާފައިވާ 20 ރިސޯޓު، އާއި 2،857 އެނދު އުފެދިގެން ދިޔުމުން އެ އަމާޒު ހާސިލުވާނެކަމުގެ އުންމީދު ބޮޑުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: