ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރޗް މަހު ރާއްޖެއަށް 7.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

މާރޗް މަހު ރާއްޖެއަށް 7.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި
ޝެއާރކޮށްލާ ކަހަލަދޯ؟

މާރޗް މަހު ރާއްޖެއަށް 7.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްއިން ބުނެފިއެވެ.

މާރޗް މަހު ކަސްޓަމްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދަައްކާގޮތުގައި އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ އޮމާންއިިންނެވެ. އެއީ 777 މިލިއަން ރުފިޔާގެ 18 އިންސައްތައިގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިން 763 މިލިއަން ރުފިޔާގެ މުދަލެވެ. ލިސްޓުގެ ތިން ވަނައިގައި 671 މިލިއަން އާއެކު ޔޫ.އޭ.އީ އޮތްއިރު ހަތަރު ވަނައިގައި އޮތީ 440 މިލިއަން ރުފިޔާާއާއެކު ޗައިނާއެވެ. އަދި ލިސްޓުގެ އެންމެ ފަހަތުގައި އޮތީ 401 މިލިއަނާއެކު ސިންގަޕޫރުއެވެ. މާޗް މަހުގެ ތެރޭގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ ވަނީ ރާއްޖެއަށް އެތެރެކޮށްފަ އެވެ.

ރާއްޖޭން އެންމެ ގިނައިން ބޭރުކުރީ މަހުގެ ބާވަތްތަކަށް ވާއިރު އެންމެ ގިނައިން މަސް ބޭރުކުރީ ތައިލޭންޑަށެވެ. އެ ގައުމަށް 41 މިލިއަން ރުފިޔާގެ މަސް ބޭރުކުރި އިރު އިނގިރޭސިވިލާތަށް 27 މިލިއަން ރުފިޔާ، ޖަރުމަންއަށް 12 މިލިއަން ރުފިޔާ، އިންޑިއާއަށް 7 މިލިއަން ރުފިޔާ އަދި ފްރާންސްއަށް 6 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު 64 އަންސައްތައިގެ މުދާ ވަނީ ބޭރުކޮށްފައެވެ. އެއީ 124 މިލިއަން ރުފިޔާގެ މުދަލެވެ.

މި ދިޔަމަހު ރޯޔަލްޓީގެ ގޮތުގައި 19 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. އަދި ކަސްޓަމް ރެވެނިއު ގޮތުގައި 320 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: