ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލައި، ރާއްޖެ ގެންނަން އިންޓަޕޯލްގައި އެދެނީ!

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް އުފުލައި އޭނާ ބަންދުކޮށްގެން ރައްޖެ ގެނައުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ މައުމޫންގެ މައްޗަށް ހަތް ދައުވާއެއްކޮށް ދޭން އެދި ކްރިމިމަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މައުމޫން ހުންނެވި ދުވަސްވަރު ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލު ކުރި ކުންފުނިން މައުމޫނާއި އޭނާއާއި ގާތް ގުޅުން ހުރި މީހުންގެ އެކައުންޓުތަކަށް އެކި ފަހަރު މަތީން 298،000 ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ ހަތަރު މިލިއަން ރުފިޔާ ޖަމާކުރިކަމަށް ތުހުމަތު ކުރެ އެވެ. އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާކަމަށް ބަލައި އޭނާގެ މައްޗަށް ތަހުގީގު ހިންގީ އެހެންވެ އެވެ.

މައުމޫން ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ގެންދާއިރު ޕީޖީ އޮފީހުން ބުނެފައި ވަނީ ކޯޓަށް ހާޒިރުވުމަށް އޭނާ ދެކޮޅު ހަދާ ހާލަތެއްގައި ހައްޔަރުކޮށް ބަންދުކޮށްގެން ކޯޓަށް ގެނައުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށެވެ. އެގޮތަށް ބަންދުގެ އަމުރު ނެރެދީފި ނަމަ ބައިނަލްއަޤުވާމީ ފުލުހުންގެ ޖަމިއްޔާ އިންޓަޕޯލްގައި އެދިގެން އޭނާ ރާއްޖެ ގެނައުމަށް އެދޭނެކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ގޭސް މާނުގެ ނަމުން މަޝްހޫރު، މައުމޫންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިއިރު 2018 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވުމާއި އެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އޭރު ވެސ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ، އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔައިރު މީޑިއާތަކުގައި ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް ރިޕޯޓުތައް ގެނެސްފަ އެވެ.

މި މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ދިޔަ ސަބަބެއްކަމަށް އޭރު އޭސީސީން ބުނެފައި ވަނީ މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ތަހުގީގަށް ހުރަސްތަކެއް އެޅިފައިވުމެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ތަހުގީގަކަށް ހާޒިރު ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުގެ ސަބަބުން ވެސް ދަތިތަކެއް ދިމާވިކަމަށް ކޮމިޝަނުން ބުންޏެވެ.

މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ގޮތުގައި މީޑިއާތަކުން އޭރު ރިޕޯޓު ކުރި ބައެއް ކަންކަމުގެ ތެރޭގައި ގޭސް އެޅުމަށް ބޭނުން ކުރާ ފުޅި ބަދަލުކުރުމާއި، އެ މަސައްކަތުގެ ތެރެއިން ޑޮލަރު ނެންގެވުން ހިމެނެ އެވެ.

މީގެއިތުރުން ކުންފުނީގެ ނަމުގައި ސީއެސްއާރުގެ ދަށުން ދޫކުރި ފައިސާއާއި މެދު ވެސް ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: