ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު މަދުވަމުންދާތީ ފުއާދުގެ ކަންބޮޑުވުން!

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟
މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު މަދުވަމުންދާތީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީސް އިންތިހާބުން 20 ވަނަ މަޖިލީހަށް ގޮނޑި ކަށަވަރުވީ އެންމެން 3 އަންހެނުންނަށެވެ. މިކަމާއި ގުޅިގެން ފުއާދު ވަނީ މީގެ ކުރީގެ ދައުރުތަކުގައި މަޖިލީހުގައި އަންހެން މެންބަރުން ތިބި އަދަދު ހިއްސާ ކުރައްވާފައެވެ. އެގޮތުން 18 ވަނަ މަޖިލީހުގައި 5 އަންހެން މެންބަރުން ތިބިއިރު، 19 ވަނަ މަޖިލީހުގައި ތިއްބެވީ 4 އަންހެނުންކަމަށް ފުއާދު ވިދާޅުވިއެވެ.

20 ވަނަ މަޖިލީހަށް އަންހެނުން އިންތިހާބުވީ 3 ދާއިރާއަށްކަމަށް ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ގޮނޑީގެ އަދަދު އިތުރުވި ނަމަވެސް އަންހެން މެންބަރުން އިތުރުވަމުން ނުދާކަމަށެވެ.

ފަހަރަކު އެއް ބޭފުޅަކު މަދުވަމުން މިދަނީ. ގޮނޑީގެ އަދަދު އިތުރުވަމުން ދިޔަކަމަށް ވިޔަސް ވެސް.

ފުއާދު ވިދާޅުވިއެވެ.

20 ވަނަ މަޖިލީހަށް ހޮވިވަޑައިގެން ތިން އަންހެން ކެންޑިޑޭޓުންނަނީ:

  1. މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު
  2. ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ފާތުމަތު ސައުދާ
  3. އަމިއްލަ ގޮތުން ހުރާ ދާއިރާއަށް ވާދަކުރެއްވި ޑރ. އަނާރާ ނައީމް

މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު މަދުވަމުންދާތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަންނަނީ މިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން މަޖިލީހަށް ކޯޓާ ސިސްޓަމެއް ގެނައުން މުހިންމުކަމަށް ރޮޒައިނާ ވަނީ މި އިންތިހާބަށް ފަހުވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: