ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގު މުއްދަތަކަށް ފަހު ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރާއިރު ގެދޮރުވެރިކަން ފޯރުކޮށްދެނީ!

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ ހިދުމަތުން ވަކިވާއިރު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ރިޓަޔާ ކުރާ ސިފައިންނަށް ކަށަވަރުކޮށް ދިނުމަށް ގެދޮރުވެރިކަން މިލްކުކޮށް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން ދަސްވެނިވުމުގައި ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. ގައްސާން ވިދާޅުވީ ރައީސްގެ ވިސްނުމަކީ އެއްގަމާއި ކަނޑު އަދި ވައިގެ ހަތިޔާރު ހޯދައިދިނުމުގެ އިތުރުން ސިފައިންނަކީ ފަރުދީ ގޮތުން ވެސް ބޭނުންވާ ކަންކަން ހާސިލު ކުރެވޭ ބަޔަކަށް ހެދުން ކަމަށެވެ.

ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ގައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތާ އަލަށް ގުޅޭ ޒުވާނުންގެ އަދަދު އިތުރު ކުރުމުގެ ގޮތުން ސްކޫލު ނިމި ހިދުމަތަށް ވަންނަ ކުދިންނަކީ ދާއިރާގެ ތެރެއިން ތައުލީމު އުނގެނި މަސައްކަތަށް ނިކުންނަ ބަޔަކަށް ހެދުން މުހިންމު ކަމަށެވެ.

ގައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތް ނޫން ނަމަވެސް ސްކޫލު ނިންމާ ކުދިންނަށް، އެ ކުދިން ދާން ބޭނުންވާ ދާއިރާ ސާފު ކުރެވި އެ ތައުލީމު އުނގަނެވޭނެ މަގު ހޯދަން ޖެހޭ ކަމަށެވެ. އެއީ އިންޖީނިއަރިން ނުވަތަ މެޑިސިންގެ ދާއިރާ ނަމަވެސް ކޮންމެ ކުއްޖަކީ ވެސް މަދުރަސީ ހަޔާތް ނިމުމާއި އެކު އެ ފުރުސަތު ލިބިފައިވާ ބަޔަކަށް ހެދުން މުހިންމުކަން ގައްސާން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: