ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިއްވިއްކުމުގެ ޓެލެގްރާމް ގުރޫޕް މައްސަލައިގައި ހަައްޔަރު ކުރި އަންހެން މީހާގެ ބަންދު އިތުރުކޮށްފި

ފުލުހުން ވަނީ ޖަޒީރާ ޓެލެގްރާމް ހިންގަމުން ދިޔަ ދެ މީހުން ވެސް ހައްޔަރުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެލެގްރާމްގައި އެކި ގުރޫޕް ޗެނަލްތައް ހިންގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ހަށިވިއްކަމުން ދިޔަ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެކެއްގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފި އެވެ.

ބޮޑެތި ކުށްތަކަށް އަރައިގަނެ، ”ޖަޒީރާ އެޑްމިން“، ”ޖަޒީރާ ގާލްސް“ އަދި ”ޖަޒީރާ އެސްކޯޓް ގެލެރީ“ އާއި ”ޖަޒީރާ ސްކޭމް އެލާޓްވ ގެ އިތުރުން ”ޖަޒީރާ ލިންކް“ ގެ ނަމުގައި ޓެލެގްރާމްގައި ހިންގަމުން ދިޔަ ގުރޫޕުތަކެއް ފުލުހުން ހިފެހެއްޓީ މިދިޔަ މަހުގެ 06 ވަނަ ދުވަހު އެވެ.

2023 ވަނަ އަހަރުން ފެށިގެން ހިންގަމުން ދިޔަ ޓެލެގްރާމްގެ ފަސް ގުރޫޕެއް ތަހުގީގުކޮށް ހައްޔަރު ކުރީ 28 އަހަރުގެ ފިރިހެނަކާއި، 39 އަންހެނެކެވެ. އަދި މާލޭގެ ސަރަހައްދުން އެ މީހުންނާ ގުޅުން ހުރި ހަތަރުތަނެއް ބަލައި ފާސްކޮށް ބައެއް ހެކި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުން ވަނީ އެ މީހުންގެ މަސައްކަތާ ނުބައްދަލު މާލީ ބޮޑެތި މުއާމަލާތްތަކެއް ވެސް ހިންގާފަ އެވެ. ހަށިވިއްކުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ވަކި ޓެކްސީއެއް ގެންގުޅުނުކަން ތަހުގީގަށް ހޯދިފައިވާތީ އެ މައުލޫމާތު ވެސް ފުލުހުން ދިނެވެ.

އެ ޓެކްސީ ބޭނުން ކުރީ ފުލުހުން ބުނެފައިވާ ގޮތުގައި ހަށިވިއްކުމުގެ ބޭނުމަށް ގެނެސްފައި ތިބި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަށެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 60 އަހަރުގެ މީހަކު ހައްޔަރުކޮށް ބަންދު ޖަހާފަ އެވެ.

މައްސަލައިގައި ހައްޔަރުގައި ހުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވެފައި ވާތީ ފުލުހުން ބުނީ ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވަނީ ދީފައިވާ ކަމަށެވެ. އެ އަންހެން މީހާއަކީ ވަޒީފާއެއް އަދާކުރަމުން ދާ މީހަކަށް ވާތީ، ވީހާވެސް އަވަހަށް މައްސަލައިގައި ގޮތެއް ނިންމައިދޭން މިއަދުގެ އަޑުއެހުމުގައި އޭނާ އެދުނެވެ.

ފައިސާގެ ބޮޑެތި މުއާމަލާތްތައް ވެސް ކުރިކަމުގެ ތުހުމަތު ކުރެވޭ މި މައްސަލައިގެ ތެރޭގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. ގިނަ އަދަދެއްގެ ބަޔަކު ޓެލެގްރާމް ގުރޫޕަށް މެސެޖު ކުރާއިރު މަސްތުވާތަކެތި ހޯދުމަށާއި، ހަށިވިއްކުމަށް ވެސް ވާހަކަ ދެކެވިފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއާއި ޑްރަގް ޓެރެފިކިން އަދި ހަށިއްވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި، އިރުޔާން ކާޑު ބެހުމުގެ ކުށުގެ ތުހުމަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: