ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީން ކަޒަކިސްތާން އިންޓަނޭޝަންލް ޓްރެވެލް ފެއާގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓުކޮށްފި

އެމްއެމްޕީއާރުސީން ކަޒަކިސްތާން އިންޓަނޭޝަންލް ޓްރެވެލް ފެއާގައި ބައިވެރިވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 17 ކޯ އެގްޒިބިޓަރުންނާ އެކު 2024 ވަނަ އަހަރުގެ ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ ގައި ބައިވެރިވެއްޖެ އެވެ.

މި ފެއަރ ކުރިއަށް ދިޔައީ މިމަހުގެ 24 އިން 26 އަށް ކަޒަކިސްތާނުގެ އަލްމާޓީގަ އެވެ.

ކޭއައިޓީއެފަކީ 2001 ވަނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ފެއާއަކީ މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާ ޕްލެޓްފޯމެެކެވެ. އަދި މިއީ ކަޒަކިސްތާނުގައި މި ދާއިރާގެ އެންމެ ކުރީސަފުގައި ބާއްވާ ފެއާކަން ފާހަގަކުރެވެ އެވެ.

އެމްއެމްޕީއާރުސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކޭއައިޓީއެފްގައި ބައިވެރިވުމަކީ އެންމެ ގިނަ މީހުން އިހުތިޔާރުކުރާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް މިންވަރު ހަރުދަނާ ކުރުމަށް ތަނުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާއި ގުޅިފައިވާ ކަމަށެވެ.

މި ފެއަގައި އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީ ޕާޓްނަރުންގެ އަމާޒަކަށް ވީ ކަޒަކިސްތާނާއި ސެންޓްރަލް އޭޝިއާ ސަރަޙައްދުގެ ގާބިލުކަން ހުރި އެޖެންޓުންނާއި ގަންނަ ފަރާތްތަކާ އެކު އަގުހުރި ގުޅުމެއް ގާއިމުކޮށް، ރާއްޖޭގެ ތަފާތު ހުށަހެޅުންތައް އަމާޒުކުރެވިފައިވާ އޯޑިއަންސަކަށް ދައްކާލުމެވެ. އަދި މި ފެއަގެ ތެރެއިން ދިވެހިރާއްޖެއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ދިވެހިރާއްޖޭގެ މަންޒިލުގެ ތަފާތު އުފެއްދުންތަކާއި ތަޖުރިބާތަކާއި ސެގްމަންޓްތަކަށް އަލިއަޅުވާލައ،ި ފަތުރުވެރިން އިތުރު ކުރުމުގެ މަޝްވަރާތައް ވަނީ ކުރެެވިފަ އެވެ. އަދި އެކަން ހާސިލްކުރާނީ ރާއްޖެ ގުދުރަތީ ގޮތުން އެކުލެވިގެންވާ ގޮތް ދައްކުވައިދީގެންނާއ،ި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކާއ،ި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައިވާ ތަޖުރިބާތަކަށް ބަލައިގެންކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ މީހުން އިހުތިޔާރު ކުރާ ނުވަތަ އިސްކަން ދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އޮތުން ހަރުދަނާ ކުރުން ކަމަށެވެ.

ކޭއައިޓީއެފް 2024 ގައި ދިވެހިރާއްޖެ ސްޓޭންޑު ގާއިމު ކުރީ ސަނީ ސައިޑް އޮފް ލައިފްގެ އަސްލު ދައްކުވައިދޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: