ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢަޒުމަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޢަުމަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ހިތޯބުގައި ވިދާޅުވީ މި 5 އަހަރުގެ ތެރޭގައި ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް ހޯދަވައި ދިނުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމަށެވެ. އަދި ދިވެހި ރައަޔިތުންނަށްޓަކައި ސަރުކާރުން ކޮށްދޭ ކަންތަށްތަކަށް އަލިއަޅުވާލައި، ވިދާޅުވީ ސަރުކާރުގެ ޙިދުމަތުގައި އުޅޭ މުވައްޒަފުންނަށް މުސާރަ ބޮޑު ކުރުމަށް މަސައްކަތްތަކެށް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި ދިވެހިންނަށް ނޫނީ ވަޒީފާއަދާ ނުކުރެވޭނެ 22 ދާއިރާއެއް ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިންމުމަކީ ދިވެހީންނަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައި ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށާއި، އެފަދަ މީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރިކަން އުގަންނައި ދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަމާއި އަދި މިކަމުގެ ސަބަބުން އާއިލާތަކަށް ފުއްދުންތެރިކަން އިތުރުވެގެން ދާނެކަން ރައީސް ވަނީ ފާހަގަކޮށްފައެވެ. މަސައްކަތްތެރިންނަށްޓަކައި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކުރުމަށްވަނީ ނިންމާފައެވެ. އަދި މަސައްކަތްތެރިންނަށް ފަހި ރަނގަޅު ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ޤައުމަށް މަންފާލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުންދާ ހުރިހާ ދޭސީންނާއި ބިދޭސީންނަށް ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ ވަނީ ދައްނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: