ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންނަށް ރަނގަޅު އުޖޫރައެއް ދީ، ރައްކާތެރި މާހައުލެއް ފޯރުކޮށް ދޭން ޖެހޭ: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ، ވަރުބަލިކަމެއް ނެތި ހިދުމަތުގައި ތިބޭ މަސައްކަތްތެރިންކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މޭއި 1 ވަނަ ދުވަހު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އާދަމް ޝަރީފް ވިދާޅުވީ، މަސައްކަތްތެރިންގެ ހިދުމަތާއި، ހިތްވަރުގެ އަގުވަޒަން ކުރުން މުހިންމުކަމަށެވެ. ހާއްސަކޮށް ކުރާ މަސައްކަތަށް ހަމަހަމަ އުޖޫރައާއި އިނާޔަތްތައް ގަވައިދުން ލިބެމުން ދާކަން ކަށަވަރު ކުރުމަށް ގޮވާލެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތްތެރިންނަށް ވެސް ދޭން ޖެހޭ ހިދުމަތްތަކެއް ހުންނާނެކަމަށާއި، މަސައްކަތުގެ މާހައުލުގައި އެ ބަޔަކަށް ލިބެން ޖެހޭ ހައްގުތައް ފޯރުކޮށް ދީގެން ކުރިޔަށް ދާ މުޖްތަމައުއަކަށް ވާން ޖެހޭކަމަށެވެ. އަދި އެ މީހުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ފޯރުކޮށް ދެވޭތޯ ކަށަވަރު ކުރުމަށް އެދިވަޑައިގަތެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ހިތޯބެއް ފޮނުއްވި އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުގެ އެކި ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: