ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީން ޓްރޭޑްމާކް ބިލާމެދު މަޝްވަރާކޮށް ސެމިނާއެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާރކް އޮފީސް (ޔޫ.އެސް.ޕީ.ޓީ.އޯ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގުޅިގެން ޓްރޭޑްމަރކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީން ކުރުމަށާއި، އަދި މިހާރު އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ޓްރޭޑްމާރކާއި ބެހޭ ބިލާމެދު ކަމުގެ މާހިރުންނާއެކު ހިޔާލުބަދަލުކޮށް މަޝްވަރާކުރުމަށްޓަކައި ސެމިނަރއެއް ބާއްވާފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2024 މެއި 5 ން 6 އަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި 2 ދެދުވަހަށް ބޭއްވި މި ސެމިނަރގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މޯލްޑިވްސް ކަސްޓަމްސް ސާރވިސް، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތް، މޯލްޑިވްސް ޕޮލިސް ސާރވިސް، ބާ ކައުންސިލް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މުވައްޒިފުން އެ ސެމިނަރގައި ބައިވެރިވެފައިވާކަމަށެވެ. އެ ސެމިނަރގައި ޓްރޭޑްމަރކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވަ ދަތިތަކާއި ގުޅޭގޮތުން ސެމިނަރގެ ބައިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީމުދަލުގެ ނަފާ ލިބޭނެގޮތް ހޯދައިދީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަށް ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށްޓަކައި ފިކުރީމުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކަރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. މިގޮތުން ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނު އިސްލާހުކުރުމަށް މިހާރު މަޖިލީހަށް ފޮނުވައިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުތެރޭގައި ޓްރޭޑްމަރކާއި ބެހޭ ބިލް މަޖިލީހަށް ފޮނުވުމަށް މަަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ މިނިސްޓްރީން މިހާރު ގެންދަނީ ޕޭޓަންޓައި ބެހޭ ބިލަކާއި، ޖޯގްރަފިކަލް އިންޑިކޭޝަންސް އާއި ބެލޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އަދަބީ އަދި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭޖްމަންޓް އޯގަނައިޒޭޝަންއެއް އުފެއްދުމަށް މަސައްކަތްކުރަމުން ދާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: