ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: އިކޮނޮމިކް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު 20 ޕަސަންޓާއި 50 ޕަސަންޓާ ދެމެދު އުފުލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފިޔާ އަގުބޮޑުވުމުގެ ސަބަބުން އާންމު ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

ނަމަވެސް ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަވްތައް ރާއްޖެއަށް އިމްޕޯޓުކުރުމުގައި އެއްވެސް ދަތިކަމެއްނެތްކަމަށް އެ މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓުކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އާންމުންނަށް ދަތިވާފަދަގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް ވިޔަފާރިވެރިންނަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މިނިސްޓްރީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައިވަނީ މޫސުމީ ގޮތުން އެ ގައުމަށް ކުރިމަތިވެފައިވާ ހާލަތަކާ ގުޅިގެން ކަމަށް ބުނެފައިވެއެވެ. ފިޔާ އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާކުރި ނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިވާނެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެކަމުގެ ޔަގީންކަން އިންޑިއާއިން ވެސް ދީފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: