ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަަވާއިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޑިޓެންޝަން ސެންޓަރެއް ގާއިމްކުރަނީ

ޚާރިޖީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޑިޓެންޝަން ސެންޓަރުތަކެއް ގާއިމް ކުރުމުގެ ސަބަބުން ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުވެގެންދާނެ ކަމުގައި އިމިގްރޭޝަނުން ބުނެފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު މުހައްމަދު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނީ ޑިޓެންޝަން ސެންޓަރެއް ގާއިމް ކޮށްގެން ކަމަށެވެ.

ހުޅުމާލޭގައި ދެމިލިޔަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި ޑިޓެންޝަން ސެންޓަރު، ހުޅުވުމަށް ތައްޔާރުވެފައިވަނިކޮށް ތަނުގައި ހުރި ފިލާތަކާއި ނަރުތައް ވަގަށްގެންދިއުމުގެ ސަބަބުން ތަން ހުޅުވުމުގައި ލަސްތަކެއް އައީ ކަމުގައި އަހްމަދު މުހައްމަދު ވިދާޅުވިއެވެ. އެހެންނަމަވެސް އެސެންޓަރުގެ މަސައްކަތް ނިމި ވަރަށް އަވަހަށް އެތަން ހުޅުވިގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބޭރު މީހުންގެ ތެރެއިން  ގަވާއިދުގެ ދަށަށް ގެނައުމަށް  2019 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހިންގުނު ޕްރޮގްރާމްގައި ސާޅީސް ދެހާސް މީހުން ރަޖިސްޓްރީ ވެފައި ވާއިރު ދިހަ ހާސް މީހުން ގަވާއިދުގެ ދަށުން ރަޖިސްޓްރީކުރެވި އަދި ނުވަހާސް މީހުން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ޑެޕިއުޓީ މިނިސްޓަރ އޮފް އިކޮނުމިކް ޑިވޮލަޕްމަންޓް މަރިޔަމް ނާޒިމާ ވިދާޅުވިއެވެ. އަދި ޓުއަރިސްޓް ވިސާގައި ރާއްޖެ އައިސް މަސައްކަތުގައި އުޅުނު ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމުގައިވެސް އަހްމަދު މުހައްމަދުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ސައްހަ ލިޔެކިޔުމެން ނެތި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައިގައި ޑެޕިއުޓީ ޗީފް، އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، މެރިޖް ވިސާ ދޫކޮށްފައި ތިބި ބިދޭސީން ރާއްޖޭގައި ކުށްކުރާ މައްސަލަތައް ގިނަވަމުންދާ ކަމަށެވެ.

ރާއްޖެ އިން ބްލެކް ލިސްޓް ކޮށްފައި ތިބި ބައެއް ބިދޭސީންނާ ދިވެހިން ކައިވެނި ކުރުމަށް ފަހު އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާ މައްސަލަތައް ވެސް ގިނަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ނުގަވާއިދުން ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ދެމަހެއް ހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ ކަޅު ވިޔަފާރި ކުރަމުން އައި 11 ބިދޭސީއަކާއި އެކު ތަފާތު އެކި މައްސަލަތަކުގައި ހިމެނޭ 46 ބިދޭސީއަކު ނިމިދިޔަ އަހަރު ޑީޕޯޓްކޮށްލެވިފައިވާކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: