ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޕްސްކިލިންގް ޕްރޮގްރާމްގެ ދަށުން 41 ދަރިވަރުންނަށް (ޕަޑީ) ޑައިވިންގް ސެޓެފިކެޓު ދީފި

އަޕްސްކިލިންގް ޕްރޮގްރާމްގެ ސެޓެފިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ހިންގަމުންދާ އަޕްސްކިލިންގް އެންޑް ޓްރެއިނިންގް ޕްރޮގްރާމްގެ ދަށުން، 41 ބައިވެރިންނަށް ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގް އިންސްޓްރަކްޓާރޒް(ޕަޑީ)ގެ ސެޓެފިކެޓު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ތަންފީޒު ކުރާ އަޕްސްކިލިންގް ޕްރޮގްރާމްގެ ދަށުން ހިންގާ  އިންސްޓްރަކްޓަރ ޑިވެލޮޕްމެންޓު ކޯހުގެ ދަށުން ޕަޑީ ސެޓްފިކެޓު ހަވާލުކުރެވިފައިވަނީ، 5 ޑައިވް ސެންޓަރަކުން ތަމްރީނު ފުރިހަމަަކޮށްފައިވާ ދަރިވަރުންނަށެވެ.

ސެޓްފިކެޓު ހަވާލުކޮށްފައިވާ ސްޓޫޑެންޓުންނަށް ތަމްރީނު ދީފައިވާ ޑައިވިންގް ސެންޓަރު ތަކަކީ، ޑައިވާރޒް ލޮޖު، އޯޝަން ޖަންކީޒް، އޯޝަން ވޯރިއާރޒް، ޑައިވް ޑެސްކު އަދި ޑައިވް ކްލަބްއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ހިންގާ އަޕްސްކިލިންގް ޕްރޮގްރާމަކީ، ވަޒީފާ ނެތް މީހުންނަށާއި، އަމިއްލަ މަސައްކަތްތަކުގައި ޝާމިލުވާ މީހުންގެ ހުނަރު އިތުރުކުރުމަށް އަދި ޕްރޮފެޝަނަލް ލެވެލް ވަޒީފާތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެ މިނިސްޓްރީއިން ހިންގާ ޕްރޮގްރާމެކެވެ.

އަޕްސްކިލިންގް ޕްރޮގްރާމްގެ ދަށުން މިހާރުވެސް 150 އަށް ވުރެ ގިނަ ދަރިވަރުން ޑައިވް މާސްޓަރ އަދި އިންސްޓްރަކްޓާރ ކޯސްތަކުގައި ކިޔަވަމުންދާކަމަށް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

5000 ރުފިޔާގެ އެލަވަންސެއް ދޭގޮތަށް ހިންގަމުންދާ މި ޕްރޮގްރާމްގެ ދަށުން އެކައުންޓިންގް، އައިސީޓީ އަދި އެޕްރެންޓިސްޝިޕް މަސައްކަތްތައް ކުރިއަށް ގެންދާއިރު،  ޖުމްލަކޮށް 700 ދަރިވަރުން ބައިވެރިވެފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ސަރުކާރުގެ 100 އިންސައްތަ ސްޕޮންސާރގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: