ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީގައި އިކޮނޮމިކް ރީސާޗު ސެންޓަރެއް ގާއިމުކޮށްފި

މިނިސްޓަރު ފައްޔާޒު ރީސާޗު ސެންޓަރު ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަނީ: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، އިކޮނޮމިކް ރިސާޗް ސެންޓަރެއް(އީއާރްސީ) އިފްތިތާހުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުން، ގާއިމު ކުރެވިފައިވާ އިކޮނޮމިކް ރިސާޗް ސެންޓަރަކީ ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކޮށްފައިވާ ސެންޓަރެކެވެ. އަދި އެކަން ކުރެވިފައިވަނީ ޔޫއެންޑީޕީ އާއި އެކު ސޮއި ކުރެވުނު އެމްއޯޔޫއެއްގެ ދަށުންކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ ސެންޓަރުގެ އަމާޒަކީ ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ތަފާސް ހިސާބު އަދި އިޖާދީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހުކުރުމެވެ. އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި
ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބަދަލުތަކެއް ގެނައުމުގެ އަމާޒުވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ސެންޓަރުގެ މަސައްކަތް ޚާއްސަކުރެވިފައިވަނީ، ތަފާސް ހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި، ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުމަށްކަމަށް ފާހަގަކޮށް މިނިސްޓްރީ އިން ބުނެފައިވާގޮތުން އެ ސެންޓަރުގެ ވިސްނުން ހުރީ ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދެމެދު ޢިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށް ވުމަށް ކަމަށެވެ.

މި ސެންޓަރު އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަދެއްކެވިއެވެ. އެނާ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގައި ޒަމާނުއްސުރެ މައުލޫމާތުތަކެއް އެއްކުރެވިފައި ހުރިނަމަވެސް، ގިނަ މައުލޫމާތެއް ހުރީ ދިރާސާތަކާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ނޫންކަމަށެވެ. އަދި އަލަށް ގާއިމު ކުރި ސެންޓަރު މެދުވެރިކޮށް މައުލޫމާތުތައް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށާއި ސިޔާސަތުތައް ކަނޑައަޅަން ފަސޭހަވެގެން ދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: