ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި އެއާލައިންއެއްގެ ދެ މުވައްޒަފަކަށް ހަމަލާ ދިން ބިދޭސީ ހައްޔަރުކޮށްފި

އެއާޕޯޓުގައި މާރާމަރީ ހިންގި ބިދޭސީ މީހާ.--
ޝެއާރކޮށްލާ ކަހަލަދޯ؟

ބެގޭޖް ފީ ދެއްކުމަށް ދެކޮޅު ހަދައި، އެއާޕޯޓުގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި ބިދޭސީ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ މާރާމާރީ ހިނގައި ދިޔައީ ބިދޭސީ މީހާ ފުރަން ގޮސް ހުރި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގަ އެވެ. ބިދޭސީ މީހާ ހަމަލާ ދީފައި ވަނީ އެއާލައިންއެއްގެ ދެ މުވައްޒަފަކަށެވެ.

އާންމުވެފައިވާ ވީޑީއޯއިން ފެންނަ ގޮތުގައި، އެއާލައިން މުވައްޒަފު އޭނާއާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރެ އެވެ. އަދި ދެވަނަ މުވައްޒަފު އެކަން ހުއްޓުވަން މަސައްކަތް ކުރަނީ، އެއް މުވައްޒަފު މޫނު މަތީގައި އޭނާ ޖެހުމުންނެވެ. އެކަމަކު ބިދޭސީ މީހާ އޭނާއަށް ވެސް ހަމަލާ ދޭ މަންޒަރު ވީޑީއޯއިން ފެނެ އެވެ.

މައްސަލައިގެ ތަހުގީގު ކުރިޔަށް ދާތީ، އިތުރު ތަފްސީލެއް ދެވެން ނެތްކަމަށް އެމްއޭސީއެލް ވަނީ ބުނެފަ އެވެ. އަދި ފުލުހުން ވެސް މައްސަލައިގެ މާބޮޑު ތަފްސީލެއް ނުދެ އެވެ.

ބިދޭސީ މީހާ، ދިވެހި ދެ މުވައްޒަފަކަށް ހަމަލާ ދިން އިރު އެތަނުގައި އެހެން ބައެއް މީހުން ތިބެ އެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 48%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: