ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިރާގެ ރައްޔިތުންގެ ވޯޓުން މަޖިލިސް މެންބަރު ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ދާއިރާގެ މެމްބަރުންގެ ވޯޓާއި އެކު ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.

އެންޓި ޑިފެކްޝަން ގާނޫނާއި އެކު، މަޖިލީހަށް މި ބިލު ހުށަހެޅީ އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި ކުރެވުނު މަޝްވަރާތަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ގާނޫނުގެ ބަހުސްގެ މަރުހަލާގައި ވެސް މެމްބަރުން ބުނަމުން ދިޔައީ، މިއާއި އެކު އެމްޕީ ކޯލް ރިއެކްޓެއް ގެންނަން ޖެހޭ ކަމަށެވެ.

ހަސަން ލަތީފް ހުށަހެޅި މި އިސްލާހު އަނބުރާ ގެންގޮސްފައިވާކަން މިއަދުގެ ޖަލްސާ ފެށުމުން ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ.

ހަސަން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެމްބަރުކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވާ މެމްބަރަކު ވިޔަސް ސިޔާސީ، ޕާޓީއެއްގެ މެމްބަރަކަށްވުމުން މެމްބަރުކަމުން ވަކިވާނެކަމަށް އިސްލާހުގައި ވެއެވެ.

އިސްލާހުގައި ވަނީ މެމްބަރަކު މަގާމުން ވަކިކުރުމަށް، އެ މެމްބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ދިރާސާކޮށް އެ މެމްބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެމްބަރަކު މަގާމުން ވަކި ކުރުމަށް ނިންމިދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: