ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ފާސްކުރީ ޓެކްސް ކޮމިޝަނަރުކަމަށް ޒަރީރުއަށް ރުހުން ދޭން!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަނު ކުރުމަށް މަޖިލިސް ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޓެކްސޭޝަންއަށް ބޭފުޅަކު އައްޔަނު ކުރަނީ، ފަތުހުﷲ ޖަމީލު ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ހުށަހެޅި ފޯމުތަކުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ޒަރީރާއި ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަމެވެ. ދެ ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް އިގްތިސާދީ ކޮމިޓީގައި 10 މެމްބަރަކު ޒަރީރަށް ވޯޓު ދިނެވެ. އަދި ޔަޒްމީދު މަގާމަށް އައްޔަނު ކުރަން ފެންނަކަމަށް ވޯޓު ދިނީ އެންމެ 4 މެމްބަރުންނެވެ.

ރައީސް ނަންތައް ތަރުތީބު ކުރެއްވި އިރު، ކުރީގައި އޮތީ ޔަޒީދުގެ ނަމެވެ.

ޔަޒީދާއި، ޒަރީރު ވެސް މީރާގެ މަގާމުތައް އަދާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެބޭފުޅުން މަގާމުން ވަކިވީ 2019 ގައި، އޭރު ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި ކޮމިޝަނަރ އޮފް ޓެކްސޭޝަން އަދި ޑެޕިއުޓި ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަގާމުތަކަށް އަލުން އައްޔަނު ކުރަން ޖެހޭ ގޮތަށް އިސްލާހު ހިމެނުމުންނެވެ. އެ މަގާމަށް ފަތުހުﷲ އައްޔަނު ކުރީ އޭގެ ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: