ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުން ދޫކުރި ގޯތިތައް ގުޅިފަޅަށް ބަދަލު ކުރުމަށް އަނެއްކާވެސް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލު ކުރުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.

ދެ ފަޅުގެ ވެސް ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައުމަށް ފަހު މި ސަރުކާރުން ވަނީ 1347 ގޯތި ގިރާވަރުން، ގުޅިފަޅަށް ބަދަލު ކުރުމަށް ނިންމާފަ އެވެ. ހައުސިން މިނިސްޓްރީން އޭރު ހިއްސާ ކުރި މައުލޫމާތުގައި ވަނީ އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯތި އަދި 2050 އަކަފޫޓުގެ 487 ގޯތި އަދި 2450 އަކަފޫޓުގެ 04 ގޯތި ބަދަލު ކުރުމަށެވެ.

މިނިސްޓްރީން މިހަފްތާގައި ކުރި ގެޒެޓުގައި ވަނީ، މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުސަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅި އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައި ވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދު އަދަދެއް ކަމަށެވެ. އަދި ގުޅިފަޅަށް ބަދަލުކުރުމަށް ހުށަހެޅި ފޯމުތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވަކަމަށް ވެއެވެ.

މިހާރުގެ އިއުލާނުގައި ވަނީ 1250، 1650 އަކަފޫޓުގެ އިތުރު ގޯތިތައް ގިރާވަރަށް ބަދަލު ކުރުމަށެވެ.

މިނިސްޓްރީން ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 11:00 ގެ ނިޔަލަށް ފޯމުތައް ބަލައިގަންނަމުން ދާނެ ކަމަށެވެ.

އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލޯ އަންނަ ހޯމަ ދުވަހުގެ ރޭ 11:00ގެ ނިޔަލަށެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނައިން ފޯމުތައް ލިބޭ ހާލަތެއްގައި ގުޅިފަޅުން ގޯތި ލިބޭ ރައްޔިތުން ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: