ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

19 ވަނަ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޑީޕީން މަޖިލީހާއިއެކު މަޝްވަރާކޮށްފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް މުހައްމަދު އަސްލަމް އާއި ޢިއްޒަތްތެރި ނާއިބް ރައީސް އަހުމަދު ސަލީމްއާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޝާހިދު ވިދާޅުވީ 19 ވަނަ މަޖިލީހުގެ ދައުރުގައި މަޖިލީހުން ކުރައްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޕާޓީގެ ފަރާތުން ޝުކުރު ދަންނަވާފައިވާނެކަމަށެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގެންނެވި ޕާޓީގެ ހުރިހާ މެންބަރުންނަށް ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

19ވަނަ މަޖިލީހަކީ އެމްޑީޕީގެ ފުރިހަމަ އަޣްލަބިއްޔަތެއް އޮތް މަޖިލީހަކަށްވެފައި ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު މަޖިލިސްކަމަށްވީކަމީ އެމްޑީޕީ ފަޚްރުވެރިވާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއިން 19 ވަނަ މަޖިލީހުގައި ކުރި މަސައްކަތްތަކުގެ ތެރެއިން ޝާހިދު ފާހަގަކުރި މަސައްކަތްތައް:

  • ޓެކްސްގެ ނިޒާމް އިތުރަށް ފުރިހަމަކުރުމަށް ގެނައި އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނު
  • އިޤްތިޞާދު ހަމަމަގުގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް މަޖިލީހުންނާއި ކޮމިޓީތަކުން ކުރި މަސައްކަތްތައް
  • އެކި ވަޒީފާތަކުގައި ތިއްބެވި ފަރާތްތަކަށް ޒަމާންތަކެއް ވަންދެން ބޭނުންވެފައިވާ ޤާނޫނީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގެނައި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލު
  • ޗާރޓަޑް އެކައުންޓެންޓުންގެ ބިލު
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބިލު
  • ހެއްކާއި ބެހޭ ބިލާއި މަދަނީ އިޖުރާތާއި ބެހޭ ބިލްގެ މަސައްކަތް
  • ލާމަރުކަޒީ ނިޒާމް އަލުން ތަންފީޒް ކުރުމުގައި އެމްޑީޕީގެ މެންބަރުންގެ އޮތް ދައުރު
  • އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލު
  • މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލު

އެމްޑީޕީއިން އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: