ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ސަހަރާތަކުން ޕާކިންއަށް ޖާގަ ކަނޑައަޅަނީ!

އިންތިހާބީ މޭޔަރު އާދަމް އާޒިމް ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލު ކުރެއްވުން/ ފޮޓީޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހުރި ބައެއް ސަހަރާތަކުގައި ޕާކިންއަށް ޖާގައެއް ކަނޑައަޅަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ ސަހަރާތައް ޕާކިންއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިކަމާއި ފަތުވާ މަޖިލީހުގެ ފަތުވާވެސް ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށާއި، އެހެންކަމުން މާފަންނު ސަހަރާއިން ބޮޑު ސަރަހައްދެއް ޕާކިންއަށް ހާއްސަ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ ބައެއް ސަހަރާތަކުގައި މިހާރުވެސް ޕާކިން ޖާގަ ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މާފަންނު ސަހަރާގެ އެއް ކަންމަތީ އަދި މައްޗަންގޮޅި ސަހަރާގެ ބައެއް ވަނީ ޕާކިންއަށް ކަނޑައަޅާފައެވެ.

ޕާކިން މައްސަލައަކީ މާލެ ސަރަހައްދުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. ޕާކިން ބިލްޑިންތަކެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: