ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވަން ނެރުނު އަމުރު، ސުޕްރީމް ކޯޓުން ބާތިލު!

ގުޅިފަޅުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ބިމެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުޅިފަޅު ހިއްކުން މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބެމުންދާކަމަށް ބުނެ ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅީ އާންމުންގެ މީހެކެވެ. ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރާ ހުމެއިދާ އަބްދުލްޣަފޫރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ގުޅިފަޅު ހިއްކުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެދުނެވެ. އެކަމަކު އޭރު ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ފަހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ އަމުރެއް ނެރެ، ވަނީ އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭ ގެއްލުންތައް ލިބިގދާނެ ކަމަށް ބުނެފަ އެވެ. އަދި ހުކުމުގައިވާ ގޮތުން މަޝްރޫއު ހުއްޓިއްޖެ ނަމަ ލިބޭ މާލީ ގެއްލުންތަކަށް ބަލާއިރު ތިމާވެއްޓަށް ލިބެން އޮތް ނުވަތަ ލިބިދާނެކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ، ހައިކޯޓުގެ އެންގުމަށް އަމަލު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރެއް އޮތީ ނެރެފަ އެވެ. އެއަށް ފަހު މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ ހައިކޯޓުން ގުޅިފަޅު ހިއްކުމަށް ވަގުތީ އަމުރެއް ނެރެފައި ވަނީ އެފަދަ އަމުރުތައް ނެރުމަށް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ރިޔާސަތު ބަލަހައްޓަވައި، ހުކުމް ކުރި މި މައްސަލައިގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުސްސުއޫދެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: