ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ރަށްތަށް ކުރިއަރަމުން އަންނަކަމަށާއ،ި ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ އިސްކަމެއްދޭކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސ) ގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތައުފީގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ ފާހަގަކުރައްވާ ފާތިމަތު ވިދާޅުވީ މި އަހަރު ޓާގެޓްގެ ވޭތުވެދިޔަ 4 މަހުގައި 25 އިންސައްތައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިކަމަށެވެ. އަދި މިއީ ފަސްލައްކައަށް ވުރެ ގިނަ އަދަދެއްކަން އޭނާ ވިދާޅުވި އެވެ.
2024 ވަނަ އަހަރު 2 މިލިއަން ފަތުރުވެރިންނަށް މަރުހަބާކިޔުމަށް އަމާޒުކޮށްފައިވާއިރ،ު ފުރަތަމަ ކުއަރޓާގައި އޭގެން 25 ޕަސެންޓަށްވުރެ މަތީ އަދަދެއް ހާސިލުކުރެވިފައި ވުމީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިރާއްޖެއަކީ އިރާއި، މޫދާއި ވެއްޔަށްވުރެ އިތުރު ފުރިހަމަކަމެއް ލިބިގެންވާ ތަނެއްކަމަށާއި ރާއްޖޭ ގުދުރަތީ ރީތިކަމާ ގުޅޭގޮތުން ފާތިމަތު ވާހަކަ ދެއްކެވި އެވެ.
މީގެ އިތުރުން ގެސްޓްހައުސްތަކާއި ހޮޓެލްތަކުން ފަތުރުވެރިންނަށް ދިވެހިވަންތަ އެތަށް ތަޖުރިބާތަކެއް ފޯރުކޮށްދޭކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާކަމަށްވެސް ފާހަގަކުރައްވާފައިވެއެވ.ެ ދިވެހި ޘަގާފަތުގެ ސަބަބުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބުމުގެ އިތުރުނ،ް ފަތުރުވެރިން ރާއްޖޭގައި އައިސް ހުރުމަށް ތަފާތު ފެންވަރުގެ ތަންތަން ޚިޔާރުކުރެވެއެވ.ެ އޭގެތެރޭގައި ރިސޯޓުތަކާއ،ި ލިވަބޯޑުތަކާއި ހޮޓެލް އަދި ރަށްރަށުގެ ގެސްޓްހައުސްތަށް ހިމެނޭކަމަށް ވިދާޅުވިއެވ.ެ
ތިމާވެށި ރައްކާތެރިކުރުމަށް އެމްއެމްޕީއާރުސީން ސަމާލުކަން ދޭނެކަމުގެ ޔަގީންކަން ދެއްވައި ފާތިމަތު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ހަބަރު ރައްޔިތުންނާއި ފަތުރުވެރިންނަށްވެސް ފޯރުކޮށްދޭކަމަށާއ،ި އެކުލަވާލާފައިވާ އުސޫލުތަކަށް އެންމެން ހޭލުންތެރިކުރުމަށް ބާރުއަޅާކަމަށެވެ ހަމައެއާކުއެކު ދިވެހިރާއްޖޭގެ ތިމާވެށި ބަލަހައްޓާ ދެމެހެއްޓުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އެތައް މަސައްކަތްތަކެއް ކުރާކަމަށް ވިދާޅުވި އެވެ.

