ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރި ގުޅުން ވަރުގަަކުރުމަށް މަޝްވަރާކޮށްފި

ދެ ސަރުކާރުގެ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް އިންވެސްޓުމެންޓުތަކަށް މަހުފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓްރޭޑް ގްރެގް ހޭންޑްސް އާއި ބައްދަލުކުރެއްވިފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ބައްދަލުކުރެއްވުމާއިމެދު އުފާކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ގްރެގް ހޭންޑްސް އާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ރާއްޖޭގެ ދެމެދު ވިޔަފާރި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމާއި އިންވެސްޓުމެންޓުތަކަށް ފުރުސަތު ފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އަދި ރާއްޖެއިން މާލީ މަސައްކަތްތަކުގައި އެ ގައުމުގެ އެހީއަށް ބޭނުންވާކަމަށާއި ފްރީޓްރޭޑްގެ މަގު ފުޅާކުރުމަކީވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: