ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުންދު ސަފީރުކަމުގެ ފަތްކޮޅު އޫއޭއީއާއި ހަވާލުކޮށްފި!

ސަފީރު މުންދު ޔޫއޭއީއަށް ފަތްކޮޅު ހަވާލުކުރެއްވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަރާތުން ޔޫއޭއީއަށް ކަނޑައަަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް(މުންދު) އެ ގައުމަށް މަގާމުގެ ފަތްކޮޅު އަރުއްވައިފިއެވެ.

އަރަބި ނޫސްތަކުން ރިޕޯޓުކުރާގޮތުން ރާއްޖޭގެ ފަރާތުން އޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު ހުސައިން ޝަރީފް މަގާމުގެ ފަތްކޮޅު އަރުއްވާފައިވަނީ އޫއޭއީގެ ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް އަންޑަރ ސެކްރެޓަރީ ފޯރ ޕްރޮޓޯކޯލް އެއަރޒް ސައިން އަބްދުﷲ އަލްޝަމީސީއަށެވެ.

ނޫސްތަކުން ބުނާގޮތުން އަލްޝަމީސީވަނީ ސަފީރު ހުސައިން ޝަރީފްއަށް އޭނާގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުުގައާއި ރާއްޖެއާއި ޔޫއޭއީ ދެމެދު ގުޅުންތައް ވަރުގަދަކުރުމުގައި ކާމިޔާބީއަށް އެދޭކަމަށްވެސް ވިދާޅުވިއެވެ. ސަފީރު ހުސައިން ޝަރީފްވެސް ވަނީ ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާތަކާއި ވާހަކަދައްކަވާފައެވެ. އޭނާ ވަނީ ރާއްޖެ ތަމްސީލުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތާއިމެދު އުފާކުރައްވާކަން ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: