ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް މަސް ފެކްޓަރީތައް ހުރީ ހުއްޓާލާފަ: ޝިޔާމް

މިނިސްޓަރު ޝިޔާމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކުގައި ތިއްބެވި ބައެއް ޕްރައިވެޓް އިންވެސްޓަރުން މަސައްކަތްކުރަމުންދަނީ ވަރަށް އުނދަގުލުގައިކަމަށާއި ބައެއް ފެކްޓަރީތަކުން އޮޕަރޭޝަންވެސް ހުއްޓާލާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މިނިސްޓަރު ޝީޔާމްވަނީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓުކޮށްފައިވާ ބައެއް އަމިއްލަ ފަރާތްތައް އިންތިހާއަށް ދަތިކަމާއި ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ބައެއް ފެކްޓަރީތައް އޮޕަރޭޝަން ހުއްޓާލައިގެން ތިބޭތާ ވަރަށް ދުވަސްވެފައިވާކަމަށާއި އެންސިސް ކުންފުނި ހިމެނޭކަމަށް އަލިއެޅުއްވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެންސިސް އިން އޮޕަރޭޝަން ހުއްޓާލާފައިވަނީ 20 ރުފިޔާއަށް މަސް ގަނެގެން މަސައްކަތްތައް ކުރުމަށް ދަތިކަން ހުރުމުންކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް އޮންނަ ލުއިފަސޭހަތަށް ބައެއް ކުފުނިތަކަށް ލިބިފައިނުވާކަމަށް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބިން ކުއްޔަށް ނަގަން ޖެހުން ފަދަ ބައިވަރު ކަންކަމަށް ހަރަދުތައް ކުރަންޖެހޭނެކަމަށާއި ދައުލަތުގެ ކުންފުނިތަކަށް ލިބޭ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކަށް ނުލިބޭ ބައިވަރު ކަންކަން ހުންނާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހޮރައިޒަން ފިޝަރީޒްވެސް އޮތީ އެ ހާލަތުގައިކަމަށެވެ. އެހެންނަމަވެސް މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒްގެ މަސް ފެކްޓަރީއަކީ އެންމެ ގިނައިން ދަޅުމަސް އެންމެ ގިނައިން ބޭރުކުރާ އެއް ކުންފުނިކަމަށްވާއިރު މިހާރު އަގުތައް ހުރިގޮތުން އެ ފެކްޓަރީ ހިންގުމުގައިވެސް ބޮޑެތި ގޮންޖެހުންތައް ހުރިކަން ސަމާލުކަމަށް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ މުޅި ސިނާއަތު ކޮޅަށް ޖަހައި ކުރިއަށް ދިއުމަށް މަސައްކަތްކުރާއިރު ޕްރައިވެޓް ސެކްޓަރއަށް ދޭންޖެހޭ އަހައްމިއްޔަތުވެސް ދޭންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށާއި ފޮރިން އިންވެސްޓުމެންޓްތަކަށްވެސް ބޭނުންވާކަމަށްވުމުން ޕްރައިވެޓް ކުންފުނިތައް މަސްވެރިކަމުގެ ސިނާއަތުގައި ދެމިތިބުން ކޮންމެހެންވެސް ބޭނުންތެރިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ ކުންފުނިތައް ތިބުމުން މި ސިނާއަތަކީ އިންވެސްޓުކުރަން ރަނގަޅު ސިނާއަތެއްކަން ބޭރު ކުންފުނިތަކަށްވެސް އެނގޭނެކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުން ހުރީ ހަމައެކަނި ސަރުކާރުގެ ކުންފުންޏެއް ވުޖޫދުގައި އޮތުމުގެ ބަދަލުގައި ޕްރައިވެޓް ކުންފުނިތަކަށްވެސް ވުޖޫދުގައި ތިބެވޭނެ ގޮތެއްގެ މަތިން ސިނާއަތުގެ މަސައްކަތްތައް ބައްޓަންކުރަންކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: