ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިންގަޔަށް ނާރާ ބަލިތައް ގިނަވާތީ ދިރާސާއެއް ހަދަނީ!

ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ކެންސަރު ސެންޓަރުގައި ބަލި މީހަކަށް ފަރުވާ ދެނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކެންސަރު ބަލި އިތުރުވަމުންދާތީ، އެކަމުގެ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖޭގައި މިހާރަކަށް އައިސް ކެންސަރު ބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ދިރާސާއެއް ހެދުމަށް ޑަބްލިއުއެޗްއޯގެ އެހީއަށް އެދިފައިވާކަން ހިއްސާ ކުރެއްވިއެވެ. މި ދިރާސާއަށް ބޭނުންވާ ފަންޑު ހަމަޖެހުމުން މަސައްކަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ވާނީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމަށް ވެސް އެދިފައި އެކަމުގައި ދިރާސާތަކެއް ކޮށްދިނުމަށް. ފަންޑިން ހަމަޖެހުމާ އެއްކޮށް އެ މަސައްކަތް ވެސް ކުރިއަށް ގެންދާނަން.

ކެންސަރަށް ފަރުވާ ކުރުމަކީ ދަތިކަމެއްކަމަށާއި، އަދި އެހާމެ އަގުބޮޑު ފަރުވާއެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ވަރަށް ބޮޑު ޖާގައެއްވެސް މި ފަރުވާ ދިނުމަށް ބޭނުންވާކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވައިގެން އެކަމަށް ފަރުވާ ހޯދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ.

އެހެންވީމަ ރާއްޖޭގައި މިހާރު ހުރި ފެސިލިޓީތަކުގެ ތެރޭގައި މިހާރުން މިހާރަށް ގާއިމުކުރުމަށްވުރެ ބޮޑަށް ރާއްޖެއިން ބޭރުން ފަސޭހަ ކަމާއެކު ޕޭޝަންޓުންނަށް މި ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުން އެއީ އެންމެ ބޮޑަށް އަޅުގަނޑުމެން އެންމެ އިސްކަންދޭ އަނެއް ކަމަކީ.

މާލެ ސަރަހައްދުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ. ކުރިން މި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ލ. ގަމުގައެވެ. ނަމަވެސް ހޮސްޕިޓަލު މާލެ ސަރަހައްދުގައި ގާއިމްކުރުމަށް މި ސަރުކާރުން ނިންމީ، މެންޓަލް ހޮސްޕިޓަލް ލ. އަތޮޅުގައި އަޅާ ގޮތަށް ބަދަލު ކުރުމަށް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: