މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓްއިން ރީނދޫ ސަލާމު ނެރެފައިވަނީ 10:00 ފެށިގެން މެންދުރުފަހު 14:30 އާއި ހަމައަށް ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ.
މެޓްއިން ނެރުނު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.
https://x.com/MetMaldives/status/1791329928702812287
ކުރިއަށް އޮތީ ހުޅަނގުގެ މޫސް ކަމަށް ވުމާއެކު އެކަމަށް ރައްކާތެރިވެ ތިބުން މުހިންމެވެ. މިއީ އާންމު ގޮތެއްގައިވެސް ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެވެ. މި ދުވަސްވަރު އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރައިގައި އެކި ސަރަހައްދުތަކުގައި ފެންބޮޑުވުން ފަދަ ކަންކަން ދިމާވެއެވެ.

