ދިވެހީންގެ އުފެއްދުންތަކަށް އާމުދަނީ ހޯދޭނެ މަގު ފަހިކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މުވާސަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުޥާޞަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ރަނގަޅު މަގެއް ފަހި ކޮށްދެވާނެ ކަމަށެވެ. އަދި ދިވެހީންގެ އުފެއްދުންތަކަށް އާމުދަނީ ހޯދޭނެ މަގެއް ހޯދައްވައި ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
— Dr Mohamed Muizzu (@MMuizzu) May 17, 2024
ދުނިޔޭގައި މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 17 މެއި 1969 ގައެވެ. ތަރައްޤީ ކުރިއެރުމަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ބަލައިގަނެ، ބައިނަލްއަޤްވާމި ފެންވަރުގައި، ދިވެހީންގެ ހުނަރާއި އުފެއްދުންތައް ނުވަތަ ޢިލްމު ހިއްސާކޮށް، ފަރުދުންނާއި މުޖުތަމައު ބާރުވެރި ކުރެވޭނެއެވެ.

