ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްމެޓު ނާޅައި ހައިވޭގައި ސައިކަލު ދުއްވި ދެ މީހުން ޖުރިމަނާކޮށްފި

ހެލްމެޓް ނާޅާ ހައިވޭގައި ސައިކަލު ދުއްވި ދެ ޒުވާނުން--
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްމެޓް ނާޅައި ސިނަމާލެ ބުރިޖްއިން ދަތުރުކުރި 2 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

އެ މީހުން ހެލްމެޓް ނާޅާ ބްރިޖް މަތިން ދަތުރު ކޮށްފައިދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި މިކަމަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. މި މައްސަލައާއި ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާން ކަމަށް ކޮށްދެވޭ މުހިންމު ކަމެއްކަން ފާހަގަކޮށްފައެވެ.

ބުރިޖު މަތީގައި ސައިކަލު ދުއްވާ އިރު، ސައިކަލު ދުއްވަން އިންނަ މީހާގެ އިތުރުން ސައިކަލު ފަހަތުގައި އިންނަ މީހާވެސް ހެލްމެޓް އަޅަން ޖެހެއެވެ. މި އިސްލާހަކީ މަގުމަތީގެ ސަލާމަތައް މުހިންމު ކަމެއްކަން ވިސްނާ ކަނޑައަޅާފައިވާ އުސޫލެކެވެ.

ބްރިޖުގައި އާއި ހައިވޭގައި ދުއްވާ މީހުން ހެލްމެޓް އެޅުން މަޖުބޫރުކޮށްފައި ވަނީ 10 މާޗު 2019 ގައެވެ. އަދި ހެލްމެޓް ނާޅާ ދުއްވާ ފަރާތްތަކުން ޖޫރިމަނާ ކުރަން ފަށާފައި ވަނީ 1 އޭޕްރީލް 2019 ގައެވެ. ހެލްމެޓް އެޅުމުގެ ގަވައިދާ ޙިލާފުވާ ފަރާތްތަކުންް ފުރަތަމަ ޖޫރިމާނާގެ ގޮތުގައި ކަނޑައަޅާފައި ވަނީ 500 ރުފިޔާއެވެ. އަދި އެކަން ތަކުރާރު ވާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާއިރު 3 ވަނަ ފަހަރުން ފެށިގެން ގަވާއިދާ ޙިލާފުވާ ކޮންމެ ފަރާތްތެއްގެ އަތުން 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑަައަޅާފައެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: