ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ހުއްޓާލަން އަންގައި އިސްރާއީލުގެ މައްޗަށް އަމުރު ނެރެދިނުމަށް އައިސީޖޭގައި އެދިއްޖެ

އައިސީޖޭގެ ފަނޑިޔާރުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ފަލަސްތީނުގެ ރަފާ ސަރަހައްދަށް ދެމުންދާ ހަމަލާތައެް ހުއްޓުމަށް އަންގައި އަމުރު ނެރިދިނުމަށް ސައުތް އެފްރިކާއިން އައިސީޖޭއަށް ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އިސްރާއީލުގެ ޖަރީމާތައް ހުއްޓާލުމަށް އަމުރުކޮށްދިނުމަށް އެދި އައިސީޖޭގައި އެދިފައިވާ ސައުތުއެފްރިކާގެ ގާނޫނީ ޓީމުންވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި އިސްރާއީލުގެ އަމަލުތައް ހުއްޓުވުމަށް އެދިފައެވެ. އަދި އެ ގައުމުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައްވެސް އެއްކޮށް ހުއްޓާލުމަށްވެސް އެންގުމަށް އެދިފައިވާއިރު އެ ސަރަހައްދަށް ތަހުގީގީ އިދާރާތަކާއި ނޫސްވެރިންނަށް ދެވޭނެ މަގުފަހިކުރުމަށް އިސްރާއީލުގެ މައްޗަށް އަމުރު ނެރެދިނުމަށްވެސް އެ ގައުމުންވަނީ އެދިފައެވެ.

ކޯޓަށް ހާޒިރުވި ގާނޫނީ ޓީމުންވަނީ ލިޔެކިއުމުން ހުށައެޅާފައިވާ ހުށައެޅުންތަކާއި ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކޮށް ކުއްލި އަމުރެއް ނެރެދީ ރަފާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވާލުމަށް އެދިފައެވެ. އަދި އެ ސަރަހައްދުގައި ހަނގުރާމަ ހޫނުވެފައިވާތާ 7 މަސް ދުވަސްވެފައިވާއިރު، ގާތްގަނޑަކަށް ޣައްޒާ އެއްކޮށް ފުނޑުފުނޑުވެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމަށާއި ކާބޯތަކެތި އަދި ބޭސް ފަދަ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށްޓަކައިވެސް ހަމަލާތައް ހުއްޓާލަންޖެހޭކަމަަށް ބުނެފައިވެއެވެ.

ގާނޫނީޓީމުން ބުނެފައިވާގޮތުން ރަފާއަކީ މިހާރު ޣައްޒާގައި އިސްރާއީލުން ފައިމަގުން އަސްކަރީ ހަރަކާތްތަކެއް ހިންގާފައިނުވާ ނުވާ ސަރަހައްދުކަމަށާއި އެތަނުގައި ގެއްލުންދެނިވި ހަރަކާތްތަކެއް އިތުރަށް ހިންގައިފި ހާލަތެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ އަސާސްތައް ގެއްލިގެންދާނެކަމަށް ބުނެފައިވެއެވެ. އަދި އެ ގައުމުންވަނީ އެ ސަރަހައްދަށް ނޫސްވެރިންނާއި ތަހުގީގީ އިދާރާތަކަށް ވަނުމަށް ޖާގަ ދިނުމަށާއި ހެކި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށް ޖާގަ ހޯދުމަށްވެސް ކޯޓުގައި އެދިފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

ސައުތު އެފްރިކާއިން ބުނެފައިވާގޮތުން އިސްރާއީލުން އެ ސަރަހައްދަށް ނޫސްވެރިން ވަނުމަށް ހުރަސް އަޅަމުންދާކަމަށްވުމުން ހިންގަމުންދާ ޖަރީމާތަކާއި ގުޅޭ މައުލޫމާތުތައް ކަށަވަރުކުރަން ފަސޭހަ ނޫންކަމަށެވެ. އަދި މިހާތަނަށް މި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ހަމަލާތައް ފެށުމަށް ފަހު 100 އަށްވުރެ ގިނަ ނޫސްވެރިން މަރާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: