ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައި ދިނުމަކީ ކުރެވުނު މުހިންމު ކަމެއް: ނަމްޒާ

ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައި ދިނުމަކީ ކުރެވުނު މުހިންމު ކަމެއް: ނަމްޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕް،ެމްޓް މިނިސްޓްރީއަށް މިހާތަނަށް ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައި ދިނުން ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަމްޒާ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ “ ފުރަމެންދުރު ޕްރޮގުރާމް“ ގައި ނަމްޒާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ ކުދިންނަށް ފޮަސްޓަރިން ހުޅުވާލި ކަމަށާއި ވަގުތީ ފޮސްޓަރިންގެ ގަވައިދު ގެޒެޓްކުރި ކަމަށެވެ. ވަގުތީ ފޮސްޓަރިންނަށް ގިނަ ބަޔަކު އަހުލުވެރިކޮށް ގާނޫނީ ބަލަދުވެރިކަމާއި ބެލެނިވެރިކަން ދާއިމީ ގޮތެއްގައި ހޯދުމާއި ވަގުތީ ފޮސްޓަރިންނާއި ހުރި ތަފާތު ތަކަށް މީހުން އަހުލުވެރި ކުރެވިގެން ދިޔަ ކަމަށާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި އާންމު ރައްޔިތުންނަށް ޙާއްސަ ސެޝަން ތަކެއް ބޭއްވުނު ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތްތުކުގެ ނަތިއްޖާއެއްގެ ގޮތުން އެ ކުދިން އާއިލާތަކަށް ގެންދަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ކަމަށް ވިދާޅުވިއެވެ. އަދި މި މަރުހަލާގައި ކުރިއަށް ގެންދަން ޖެހޭ އެސެސްމެޓްތައް ކުރިއަށް ގެންގޮސް އެކި މަރުހަލާ ތަކުގައި އެ މަސައްކަތް ކުރިއަށް ދާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިސްރައްވެހިންނަށް އިޖްތިމާއީ މަރުކަޒުތައް ހުޅުވުން އެއީ ރައީސް މުއިއްޒުގެ އަމާޒެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު މާލޭގައި އިސްރައްވެހިންގެ ނާދީ ހުޅުވިފައިވާ ކަމަށާއި، އަވަސް މުސްތަޤުބަލެއްގައި ހުޅުމާލެ، ފ.ނިލަންދޫ، އަދި އައްޑޫގައިވެސް ހުޅުވިގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

.އިސްރައްވެހިންނަކީ މުޖުތަމައުގައި ކުރާ ކޮންމެ ކަމެއްގައިވެސް އެ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެ ބަޔަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތް ކާމިޔާބު ކަމަށް މިނިސްޓަރް ފާހަގަކުރެއްވި އެވެ. އަދި އިސްރައްވެހިންގެ ނާދީ އަކީ ހަފްތާގެ ކޮންމެ ދުވަހެއްގައި ކޮންމެވެސް ޕްރޮގުރާމެއް ކުރިއަށް ދާނެ މަސައްކަތެއް ކަމަށާއި ވަރަށް އުފާވެރި މާހައުލެއްގައި އެ ބޭފުޅުން އެއްކޮށް ވަގުތު ހޭދަކޮށްލަން ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: