ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް ޕޮއިންޓް ދޭއިރު، ދޮށީ އުމުރުންގެ މީހުން ބަލަހައްޓާ މީހުންނަށް އިސްކަން ދެނީ!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ޕޮއިންޓް ދިނުމުގައި މައިންބަފައިންނާއި ދޮށީ އުމުރުންގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރު ޕޮއިންޓް ލިބޭނެ އުސޫލެއް ކަނޑައެޅުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމީ، މި ހަފްތާގެ ކެބިނެޓު ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީއިން ހުށައެޅި ކަރުދާހަކަށެވެ.

މިއީ ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި މި އުސޫލަށް އަމަލުކުރާނެކަމަށް ވަނީ މައުލޫމާތުދީފައެވެ.

މިދިޔަ ފެބްރުއަރީ މަހު ”އިސްރަށްވެހިންގެ ނާދީ“ ގެ ނަމުގައި މާލޭގައި ހުޅުވި މަރުކަޒު، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މިކަން އިއުލާން ކުރައްވާފައެވެ. އުމުރުން ދުވަސްވީ މައިންބަފައިންނާއި އެހެނިހެން މީހުން ބަލަހައްޓާ މީހުންނަށް އިސްކަން ދެވޭނެ ސިޔާސަތުތަކެއް މި ސަރުކާރުން ކަނޑައަޅާނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަހެރިކޮށް ދިރިއުޅޭ ދޮށީއުމުރުގެ މީހުންނަށް ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުތަކުގެ ތެރެއިން ދޫކުރާ ފްލެޓަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އުސޫލު ވެސް ކަނޑައަޅާނެކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ސޯޝަލް ހައުސިން ބިލުގައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިސްކަން ދޭނެ ފަރާތްތައް ފާހަގަކޮށްފައެވެ. އެއީ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކާއި، ނުވަތަ އެފަދަ ފަރާތެއްގެ ބަލަދު އަރާ ފަރާތްކަށާއި، ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުން ނުވަތަ މިފަދަ މީހެއް ބަލަހައްޓާ މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: