ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު އައްޔަނުކޮށްފި

ފިޝަރީޒް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ޝަމާހު އައްޔަނުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު އައްޔަނު ކޮށްފިއެވެ.

އިއްޔެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ”އެކްސް“ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި ސަމާހު އެ މަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން  ވަކިކޮށްފައިވާ ކަމަށެވެ. ޕީސީބީއިން ސަމާހު ވަކިކުރި ސަބަބެއް ހާއްމަކޮށްފައިއެއް ނުވެއެވެ.

މީގެ ކުރިން ސަމާހުއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ވަނީ ހުށައަޅާފައެވެ. އޭރުކުރި ތުހުމަތުތަކުގެ ތެރޭގައި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންތައް ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ބަދަލުކޮށް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުމާއި ބައެއް މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމުގެ ޝަކުވާ ހިމެނެއެވެ. މީގެ އިތުރުން ކުންފުންޏާ ގުޅޭގޮތުން ބަލަމުން ދާ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުންތަކެއް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުން ހިމެނެ އެވެ.

ސަމާހުއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބެލުމަށް ޕީސީބީން އޭނާ ސަސްޕެންޑު ކުރި އެވެ. ސަސްޕެންޝަން މައްސަލައިގައި ސަމާހު އާއި ޕީސީބީ ހާޒިރުކޮށް ރައްޔިޔުންގެ މަޖިލިސް ކޮމިޓީގައި އެކަން ހިނގިގޮތް ސާފު ކުރުމަަށް މަސައްކަތް ކުރި އެވެ. އެ ކޮމިޓީގައި އޭނާ ވަނީ ޕީސީބީގެ އިންކުއަރީއަށް ހޯދަން އެދުނު މައުލޫމާތުގެ އިތުރުން މައްސަލައާއި ގުޅޭ ބައެއް އެހެން ހަގީގަތްތައްވެސް ހިއްސާކުރައްވާފައެވެ. ސަމާހު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި މިފްކޯއަކީ ގެއްލުމުގައި ހިނގާ  ކުންފުންޏެއްގެ ގޮތުގައި އޮންނީ މަހުގައި ހިސްޓަމިން ގިނަކަމަށް ބުނެ ރިޖެކްޓުކުރުމަށްފަހު އެތަކެތި ވިއްކައިގެން ބަޔަކު މީހުން މަންފާއެއް ހާސިލުކުރާތީކަމަށް ބެލެވޭކަމަށެވެ.

ސަމާހު ވިދާޅުވީ އެގޮތުގެ މަތިން އެކްސްޕޯޓުކުރާ ފްރޯޒެން ޓޫނާ ޝިޕްމެންޓު ރާއްޖެއިން ލޯޑުކޮށްގެން ތައިލެންޑާއި ހިސާބަށް ދާއިރު ޝޯޓް ލޭންޑިންގް ގެ ގޮތުގައި އެތައް ސަތޭކަ ޓަނެއް ގަސްތުގައި މަދުކުރާކަމަށާއި އެކަމުންވެސް ނުހައްގު ފައިދާތަކެއް ނަގަމުންދާކަމަށެވެ. އަދި އޭނާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ކުރިމަތިވެފައިވަނީ އެ “މާސިންގާ ވަގު ވިޔަފާރި” ހުއްޓުމަކަށް ގެނެސް ދާއިމީ ހައްލެއް ގެނައުމަށް ކުރި  މަސައްކަތްތަކާއި ދެކޮޅަށް މިފްކޯގެ ތެރެއިން ނުފޫޒުގަދަ ބަޔަކު މަސައްކަތްތައް ކުރަމުންދާތީކަމަށެވެ.

އޭނާ ވިދާޅުމިފްވީ މިފްކޯގެ ސީއިއޯކަމާއި ހަވާލުވި އިރު މަސްވެރިންނަށް ފައިސާދިނުމުގެ މަސައްކަތްތަކުގެ އިތުރުން މިފްކޯގެ މަސައްކަތްތަކުގައިވެސް ބޮޑެތި އިހުމާލުތައް ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިފްކޯގެ މަސްކާރުހާނާތަކުގެ މަސައްކަތްތައް ނުކުރެވިހުރިއިރު ކަލެކްޓަރ ވެސަލްތައް ޑޮކު ނުކޮށް ބެހެއްޓުމުގެ ސަބަބުން އިންޖީނުތައް އޯވާހޯލްކުރުމުގެ މަސައްކަތްތައް ހުރީ ނުކުރެވިފައިކަމަށާއި ޖުމުލަގޮތެއްގައި ކުންފުނި އޮތީ ހުއްޓިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: