ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، ވިލެޖު ގާއިމްކުރާނީ ފުރިހަމަ ހިދުމަތްތަކާއިއެކު: އަސްވާޑް

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) --- ފޮޓޯ: ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، މީޑިއާ ވިލެޖު ގާއިމްކުރާނީ ފުރިހަމަ ހިދުމަތްތަކާއިއެކުކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެެއްޖެއެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްވާޑް ވިދާޅުވީ، މީޑީއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެކަމަށެވެ.

އެގޮތުން މީޑިއާ ވިލެޖާއި ގުޅިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޓީވީ ސްޓޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ ޖާގަ ތަނަވަސްކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޮންލައިން މީޑިއާތައް ހިންގުމަށާއި، ކުދި ކުދި ނޫސްތައް ހިންގާ ފަރާތްތަކަށްވެސް އޮފީހުގެ ޖާގަ ހޯދައިދެއްވާނެކަމަށެވެ. އިތުރު ފަރާތްތަކުގެ ބޭނުމަށްވެސް ސްޓޫޑިއޯތައް ތައްޔާރު ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުންތައްވެސް މީޑިއާ ވިލެޖުގެ ތެރޭގައި ބޭއްވޭނެ އިންތިޒާމްތައް ފަހިކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ނޫސްވެރިން އެކި ތަންތަނަށް ދާން ޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

އިކުއިޕްމެންޓުތަކުގައި ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން މީޑިއާ ވިލެޖުގައި ތަންތަން ގާއިމް ކުރާނީ ފައިބާ އަޅާ އަދި ބޭނުންވާ މިންވަރަށް ލައިޓްތައްވެސް އެޅުމަށްފަހުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެން މި ބާއްވާ އާންމު އެނުއަލް މީޓިންތައްވެސް، ތި ބޭފުޅުން މި ދަންނަވާހެން އެކި ތަންތަން ތަނަށް ތި ދުވަން ޖެހޭ ދުވުމަށް ވަރަށް ބޮޑު ނިމުމެއް އަންނާނެ. މީޑިއާ ވެލެޖުގައި އެކަން އޮންނާނީ.

މިނިސްޓަރު ވިދާޅުވިއެވެ.

ކެފޭ ހިދުމަތުގެ އިތުރުން ޖިމެއްވެސް މީޑިއާ ވިލެޖުގައި ގާއިމް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީޑިއާތަކަށް އިނާޔަތެއް ދިނުމަކީ މި ސަރުކާރުގެ ވައުދަކަށްވާތީ އެކަމާއި ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ހަމަ ނުޖެއްސުނީ ކުރީ ސަރުކާރުން ފާސް ކުރި ބަޖެޓަކަށްވާތީ މި ސަރުކާރުން ބޭނުންވާ ކަންކަމަށް ފައިސާ ހިމަނާފައި ނެތުމުގެ ސަބަބުންކަމަށެވެ. ވައުދާއި އެއްގޮތަށް ކުރިއަށް އޮތްތަނުގައި މީޑިއާތަކަށް ބަޖެޓު ހަމަޖައްސަވާނެކަމަށާއި، މިކަމަށް ބޭނުންވާ އުސޫލުތައް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށް އަސްވާޑް ވިދާޅުވިއެވެ.

މި މަސައްކަތްކާއި ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްއާން ވިދާޅުވީ މީޑިއާތަކަށް ފަހި ކޮށްދެވެން ހުރީ ކޮން ކޮން ކަންތައްތަކެއްތޯ ބަލާ ދެނެގަންނަމުން އަންނަކަމަށެވެ. ނަމަވެސް މީޑިއާތަކަށް ނުފޫޒު ފޯރަފާނެފަދަ އެއްވެސްކަމެއް ނުކުރައްވާނެކަމަށް ވިދާޅުވިއެވެ. މީޑިއާތައް ޒިންމާދާރުކަމާއިއެކު ކުރިއަށް ދިއުމަށްޓަކައި މިނިސްޓްރީއިން އެހީތެރިވާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތައް އިތުރަށް ބާރުވެރި ކުރުވުމުގެ މަސައްކަތްތައް ދެނެގަންނަމުންދާކަމަށް ވިދާޅުވިއެވެ. 200 އެއްހާ މީޑިއާ ރަޖިސްޓްރީކޮށްފައިވާއިރު، މި މީޑިއާތައް ހިންގުންތެރި ކުރެވޭނީ ކޮން މަގަކުންތޯ ބަލާނެކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތްތާގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މީޑިއާގެ އެކިއެކި ފަރާތްތަކާއި އެއްކޮށް ބައްދަލުކޮށް، ގާތުން މަސައްކަތްކޮށް، މި ދާއިރާ ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަންނާނަން.

ޝަމްއާން ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރާނީ މީޑިއާތަކަށް ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތްކަމަށް ތަކުރާރުކޮށް ޝަމްއާން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: