ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު މީހަކަށް ދޫނި ރޯނގާ ޖެހިއްޖެ، މިފަހަރު ޕޮސިޓިވް ވީ ލޮލުން ނެގި ސާމްޕަލަކުން!

ދޫނި ރޯގާއަށް ޓެސްޓުކުރުމަށް ގެރިތަކެއް އަތުރާފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ބާޑު ފުލޫގެ އަލާމާތްތައް ހުރި އިތުރު މީހަކު ފެނިފައިވާކަމަށާއި ބަލި އިތުރަށް ފެތުރިފައިވާކަމުގެ ކަންބޮޑުވުންތައް އޮތްކަމަށް ރިޕޯޓުކޮށްފިއެވެ.

މީގެ ދުވަސްތަކެއް ކުރިން ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ އެމެރިކާގައި ދޫނި ރޯނގާ ފެތުރި ގިނަ އަދަދެއްގެ ކުކުޅު އަދި އެފަދަ ޖަނަވާރު ނައްތާލާފައިވާކަމަށް ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ދުވަސްތަކެއް ފަހުން އެ ބަލީގެ އަލާމާތްތައް ގެރިތަކަކުން ފެނުނުކަމަށް ރިޕޯޓުތައް ކުރެވުމުން ބަލި މިއުޓޭޓްވަމުންދާކަމަށް ފެނިގެންދިޔައިރު، އިންސާނަކަށް ޖެހުމާއިއެކު އެ ގައުމުގެ ސެންޓާރ ފޯ ޑިސީސް ކޮންޓްރޯލްއިންވަނީ އެމަރޖެންސީ ހާލަތުގެ ތައްޔާރީތައްވެސް ފައްޓާފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެކަކަށް ޖެހުމުން ބަލި ފެތުރުމުގެ ފުރުސަތުތައް ކުޑަކަމަށް ރިޕޯޓުކުރެވުނު ނަމަވެސް މިހާރު ދެވަނަ މީހެއްގެ ގައިން ފެނިފައިވާކަމަށާއި އޭނާއަކީވެސް ފާމެއްގައި ގެރިތަކާއި ގާތުން ހަރަކާތްތެރިވަމުން އައި މީހެއްކަމށް ބުނެފައިވެއެވެ. އަދި ލޮލަށް ބައެއް އުނދަގޫތައް ހުރިކަމަށް ބުނެފައިވާއިރު މިހާރު ފަރުވާ ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.

އޭނާގެ ނޭފަތުން ނެގި ސާމްޕަލްއިން ބަލީގެ އަލާމާތެއް ހުރިކަމަށް ނުދެއްކިނަމަވެސް ލޮލުން ނެގި ސާމްޕަލްއަކުން ބާޑްފުލޫއަށް ޕޮސިޓިވް ވިކަމަށާއި އެހެންކަމުން ލޮލުގެ އިންފެކްޝަން އުފެދި ގެއްލުންތައް ލިބުމުގެ ފުރުސަތު އޮތްކަމަށް ހޭލުންތެރިކުރުވާފައިވެއެވެ. ސީޑީސީއިން މައުލޫމާތު ދީފައިވާގޮތުން މީގެ މަސް ދުވަސްކުރިން އެ މީހާގެ ލޮލަށް އުނދަގޫތަކެއް ހުރިކަމަށް ހިއްސާކޮށްފައިވާކަމަށާއި އެނާއަށް ފަރުވާދިނީވެސް ދޫނި ރޯގާއަށް ވަރުވާ ދިނުމަށްޓަކައި އެންމެ އެކަށީގެންވާ ބޭސް ބޭނުން ކޮށްގެން ނޫންކަމަށްވެސް ހާމަކޮށްފައިވެއެވެ.

އެމެރިކާގެ މިޝިގަން ހޮސްޕިޓަލުގެ ޗީފް މެޑިކަލް އެގްސެކިއުޓިވް ނަތާޝާ ބެގްޑަސާރިއަން ވިދާޅުވީ އަދި ކަންކަން ހުރި ގޮތުން އާންމުނަށް މިކަމުގެ ސަބަބުން ހުރި ނުރައްކާތައް ކުޑަކަމށެވެ. އެހެންނަމަވެސް ފާރމްތަކުގައި މަސައްކަތްކުރާ ބަލި ޖެހިފައިވާ ޖަނަވާރުތަކާއި ގާތުން މަސައްކަތްކުރާނެ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި އެފަދަ މަސައްކަތެއް ކުރާނަމަ ރައްކައުތެރިކަމަށްޓަކައި ވަސީލަތްތައް ދޭންޖެހޭނެކަމަށް ބުނެފައިވާއިރު ލޮލުގެ ރައްކައުތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: