ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސީޖޭގެ އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފި

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން ކުރިއަށް ގެންދިޔަ/ ފޮޓޯ: ހަތާވީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ގައްޒާގެ ރަފާ ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ އިދާރާތަކަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިސީޖޭއިން ގައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް ގޮވާލާކަމަށެވެ.

އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި ބައިނަލްއަގްވާމީ އިދާރާތަކުން އިޒްރޭލާ ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލައިފިއެވެ.

މިމައްސަލައާއި ގުޅިގެން މިއަދު ދުނިޔޭގެ ކޯޓުން ވަނީ ގޮތެއް ނިންމާފައެވެ. އެގޮތުން އެ ކޯޓުގެ އިސް ފަނޑިޔާރު، ނަވާފް ސަލާމް ވިދާޅުވީ، އެންމެ ފަހުން މިދިޔަ މާޗް މަހު އެކޯޓުން ނެރުނު އަމުރާއި އެކީ ވެސް ނިރުބަވެރިން ރަފާހަށް ވަދެ، ހަމަލާތައް ދިނުމުން ރަފާހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށެވެ. އެހެން ކަމުން ނިރުބަވެރިން ރަފާހުގައި ހިންގަމުން އަންނަ އޮޕަރޭޝަންތަކާއި ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ އަމުރު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: