ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކަނޑު ރޯދި އުފާ“ ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި

"ކަނޑު ރޯދި އުފާ" ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

”ކަނޑު ރޯދި އުފާ“ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވައިލައިފިއެވެ.

އެ ވުޒާރާއިން ގެޒެޓުގައި ކުރި ޢިޢުލާނުގައިވަނީ މިއަހަރުގެ ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ “ ކަނޑު ރޯދި އުފާ “ ފެސްޓިވަލް ގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 30 މެއި 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން ނަން ހުށައެޅުމަށް އެދިލައްވާފައެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާނީ އަންނަ ޖޫން މަހުގެ 08 ވަނަ ދުވަހުގައެވެ. މި ފެސްޓިވަލްގެ މައިގަނޑު ބޭނުމަކީ އުފާވެރި މާހައުލަކުން ކުޑަކުދިން އަދި ޒުވާނުންނަށް ކަނޑާ ގުޅުން ހުރި މަޢުލޫމާތު ދިނުން ކަމުގައި ޢިއުލާނުގައި ވެއެވެ. އަދި މި ފެސްޓިވަލް ތެރެއިން ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުން ދާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ. އަދި މި މުބާރާތްތަކުން ވަނަތައް ހޮވައި އިނާމު ދިނުމަށްވެސް ވަނީ ނިންމާފައެވެ. މިނިސްޓްރީގެ ސޯސަލް މީޑިއާ މެދުވެރިކޮށް މުޅި ރާއްޖެއަށް ކުއިޒް މުބާރާތެއް ބޭވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން 08 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ކެޓެލައިޒިން އެކްޝަން ފޮރ އަވަ އޯޝަން އެންޑް ކްލައިމެޓް“ އެވެ. ކަނޑުތަކުގެ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރީ 1992 ވަނަ އަހަރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: