މާޗު މަސް ނިމުނުއިރު، ގްރީން ފަންޑުގައި 1.3 ބިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީގެ ފަރާތިން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ގްރީން ފަންޑާއި ގުޅޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގަައި މާޗު މަހުގެ ތެރޭގައި އެ ފަންޑަށް 113 މިލިއަން ރުފިޔާ ޖަމާކޮށްފައިވެެއެވެ.
އޭގެ ތެރެއިން 111 މިލިއަން ރުފިޔާ ދައްކާފައިވަނީ ރިސޯޓުތަކާއި ސިޓީ ހޮޓާ އަދި ގެސްޓު ހައުސްތަކުންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓް އަދި 50 ކޮޓަރިން މަތީގެ ގެސްޓްހައުސް އާއި ހޮޓަލުން ދުވާލަކު ބޮލަކަށް 6 ޑޮލަރު ނަގައެވެ. 50 ކޮޓަރިއަށް ވުރެ ދަށް ގެސްޓްހައުސް އަދި ހޮޓާތަކުން ދުވާލަކު ބޮލަކަށް ނަގަނީ 3 ޑޮލަރެވެ.
ލިވަބޯޑު ވެސަލް ތަކުން 2.4 މިލިއަން ރުފިޔާ އަދި ހޯމް ސްޓޭ ވިޔަފާރިތަކުން 13،952 ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ދައްކާފައިވެއެވެ.
މި މުއްދަތުގައި އެ ފަންޑުން ހަރަދުކޮށްފައިވާ 19 މިލިއަން ރުފިޔާއެވެ. ގްރީން ފަންޑުގައި ހުންނަ ފައިސާއަީ ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތަކަށް ހާއްސަކޮށްފައި ހުންނަ ފައިސާއެކެވެ.
މި އަހަރުގެ ޖެނުއަރ މަހު އެ ފަންޑުން ހޭދަކޮށްފައިވަނީ 138،907 ރުފިޔާއެވެ. ފެބްރުއަރީ މަހު 93 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

