ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާ ހިސާބަށް އެކަނި ގެވެށި އަނިޔާގެ 194 މައްސަލައެއް!

ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ދެކޮޅަށް ޒުވާނުންތަކެއް ނިކުމެ ކުރިޔަށް ގެންދިޔަ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާގެ 194 މައްސަލައެއް ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ) އަށް މިއަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް އެ އެޖެންސީއިން ބުނެފިއެވެ.

އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ މިކަން ހާމަ ކުރެއްވީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޝިރާނީ ވިދާޅުވީ އަންހެނުން ޝާމިލުވާ 194 މައްސަލައެއްގެ ރިޕޯޓު ލިބިފައިވާކަމަށާއި، ފިރިހެނުން ޝާމިލުވާ 84 މައްސަލަ ލިބިފައިވާކަމަށެވެ. އަދި ފިރިހެނުންގެ ފަރާތުން އަނިޔާ ލިބޭ 33 މައްސަލަ ހިމެނޭކަމަށް ވިދާޅުވިއެވެ. އަނިޔާކުރާ އަންހެނުންގެ ނިސްބަތް ވަރަށް މަދުކަމަށް ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތެއްގެ މައްސަލަ ހުށަހެޅިފައި އެބަހުރިކަމަށާއި، ކައިވެނިކޮށްގެން ނޫނީ އިނދެވަރިކޮށްފައިވާ ފަރާތްތަކުގެ 123 މައްސަލައެއް އެބަވާކަމަށް ޝިރާނީ ވިދާޅުވިއެވެ. މައިންބަފައިން ނުވަތަ ބަލަދުވެރިން އަދި ބެލެނިވެރިން ހިމެނޭ 92 މައްސަލައެއް ހުށައަޅާފައިވާއިރު، ކައިވެނީގެ ގޮތުން ގުޅިފައިވާ މީހުންގެ 84 މައްސަލަ ހިމެނޭކަމަށް ޝިރާނީ ވިދާޅުވިއެވެ.

އެ އޭޖެންސީއަށް ފާހަގަވެފައިވާ އިތުރުކަމެއްގެ ގޮތުގައި ޝިރާނީ ފާހަގަކުރެއްވީ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ހިފަހައްޓައި ނަހަމަ ގޮތުގައި ދަރިން ބޭނުންކުރާ މައްސަލައެވެ.

ސައިބާ ކްރައިމް ހިމެނޭ މައްސަލަތައް މި ދުވަސްވަރު އަންނަނީ ޓްރެންޑްވަމުންކަމަށް ފާހަގަކޮށް ޝިރާނީ ވިދާޅުވީ މެސެޖު ފޮނުވައި، ބްލެއިކްމެއިލްކޮށް އަދި ލީކްކުރުން ވެސް ހިމެނޭކަމަށެވެ.

އަނިޔާ ކުރާ ފަރާތްތަކުގެ ޓްރެންޑަށް ބަލާއިރުގައި ޝާމިލުވާ ގިނަ ފަރާތްތަކަކީ މަސްތުވާތަކެތި ނަގާ ފަރާތްތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ހުރީ ފާހަގަކުރެވިފައި.

ޝިރާނީ ވިދާޅުވިއެވެ.

އަނިޔާ ކުރާ ފަރާތްތަކަކީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތައްކަން ފާހަގަވެފައިވާކަމަށާއި، އަދި އޭގެ އިތުރުން ނަފްސާނީ ބަލިތައް ހިމެނޭ ފަރާތްތައް ވެސް ޕާޕަޓްރޭޓާސް ގޮތުގައި ފާހަގަކުރެވެމުންދާކަމަށް ޝިރާނީ ވިދާޅުވިއެވެ.

އެފްޕީއޭގެ ފަރާތުން ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ފެށީ 2022 ވަނަ އަހަރުކަމަށް ފާހަގަކޮށް ޝިރާނީ ވިދާޅުވީ މިހާތަނަށް 164 މީހަކަށް އެހީވެވިފައިވާކަމަށެވެ. މިއަހަރު އެހީތެރިވެވިފައިވަނީ 33 ފަރާތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ ގާނޫނަކީ ގިނަދުވަސްތަކެއް ވެފައިވާ ގާނޫނެއްކަމުން، އާ ޓްރެންޑުތަކާއެކު ގާނޫނުގައި ހުރަސްތަކެއް އެބަހުރިކަމަށް ފާހަގަކޮށް ޝިރާނީ ވިދާޅުވީ މިފަދަ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

މީގެ އިތުރުން ޝިރާނީ ވިދާޅުވީ މި މައްސަލަތަކަށް ހައްލު ގެނައުމަށް އާންމުން ހޭލުންތެރިކުރުވުމަށް، މުވައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމަށެވެ. އަދި މިފަދަ މައްސަލަތކުގެ ޓްރެންޑަށް އަންނަ ބަދަލުތައް އައިޑެންޓިފައި ކުރުމަށްފަހު، އެއާއި ގުޅޭ ދިރާސާ ހެދުމަށްފަހު މަސައްކަތްތައް ބައްޓަން ކުރަނީ އޭގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: