ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 އޭ ބިއުޓީ ސްޓޯރގެ ބްރޭންޑް އެމްބެސެޑަރަކަށް ލަމްހާ ލަތީފް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންސްޓަގްރާމް ގައި ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލަމް) 3 އޭ ބިއުޓީ ސްޓޯރގެ ބްރޭންޑް އެމްބެސެޑަރަކަށް ސޮއިކޮށްފިއެވެ.

އެތައް ދިވެހީންގެ މަގުބޫލުކަމާއި އިތުބާރު ހޯދައިފައިވާ ބޮއުޓީ ޝޮފް، 3 އޭ ބިއުޓީ ސްޓޯރގެ ބްރޭންޑް އެމްބެސަޑަރަކށް ލަމް އިއުލާނުކޮށްފައިވަނީ އޭނާގެ ސްޓޯރީގައެވެ. ސްޓޯރީގައި އިއުލާނު ކުރަމުން ލަމްގެ ފޮލޮވާރސް ކައިރީގައި ވަނީ 3 އޭ ގެ އެކްސްކުލޫސިވް ބްރޭންޑެއް ކަމުގައިވާ ”ކޮރިންޑި ފާރމް“ ތަމްސީލުކުރެވޭނެ ވާހަކަ ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދިވަސްތަކުގައި އެކިކަހަލަ ޕްރޮޑަކްޓް ރިވިއު އާއި ޑިސްކައުންޓް ކޯޑު ހިއްސާކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

”ކޮރިންޑި ފާރމް“ ބްރޭންޑަކީ ފުރެޝް ބްރޭންޑެކެވެ. އަދި ދުނިޔޭގައި އެކި މީހުންގެ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ މި ބްރޭންޑްގެ ދަށުން ތުއްތު ކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްފައި ހުރި ރީތިވާ ސާމާނު ލިބެން ހުންނާނެއެވެ.

މާލޭގެ މަޖީދީމަގުގައި ހުރި 3 އޭ ސްޓޯރގައި ކޮރިންޑި ފާރމްގެ ސާމާނުގެ އުތުރުން، ތަފާތު ވައްތަރުގެ ސެންޓް ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަށް ހާއްސަ ރޯތިވާން ބޭނުންކުރާ ބާވަތްތައް އަދި ފާހަނާގައި ބޭނުންކުރާ ތަކެތި ލިބެން ހުންނާނެ ކަމަށް އެ ފީހާރައިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: