ކުރީ ސަރުކާރުގައި ކުދި އަދި ބޮޑު ރަށެއް ނުބަލައި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ބަޖެޓަށް ނުކަތާ ވަރަށްކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މިނިސްޓަރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުގައި މަޝްރޫއުތައް ފަށާފައިވަނީ ބަޖެޓަށް ބެލުމެއް ނެތިކަމަށެވެ.
ޕަބްލިކް ވޯކްސްގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކުންފުނިތަކުން ކުރަން ޖެހުމުން އެ ކަމަށް ހިނގި ޚަރަދު ބޮޑުވިކަމަށާއި، މި މަޝްރޫއުތަކާއި ހަވާލުވީ ކުންފުނިތަކުގެ މަގްސަދަކަށްވީވެސް ކުންފުންޏަށް ފައިދާ ހޯދުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތަށް އިތުރު ބުރައެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ. އަދި ދައުލަތަށް ވީ އެއްވެސް ފައިދާއެއްކަމަށް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެ މަސައްކަތްތައް ކުރިނަމަ ހަރަދު ކުޑަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދައުލަތަށް ފައިދާވާނެކަމަށް ވިދާޅުވިއެވެ. މިގޮތަށް ރައްކާ ކުރެވޭ ފައިސާއަކީ، ޕަބްލިކް ޔުނިޓްތައް ތަރައްގީކޮށް ހިންގުމަށްޓަކައި ލިބޭ ވަރަށް މުހިންމު ކުރިއެރުމެއްކަމަށް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ކޮންމެ ސޭވިންއަކީ އިތުރު ކަމަކަށް ކުރެވޭނެ ހަރަދަކަށްވާނެ.
ޝަފީގް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އްޖޭގައި އޮތް އެންމެ ބޮޑު ރައުސުލްމާލަކީ ހުޅުމާލެއެވެ. ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި ނިމި، އެތަން ތަރައްގީކުރަމުންދާ ގޮތުން ’ސިވިލައިޒްޑް މުޖުތަމައެއްގައި‘ ދިވެހީންނަށް ދިރިއުޅެވޭނެ ގޮތްތައް ފަހިވަމުންދާނެކަމަށް ވިދާޅުވިއެވެ. މި ފަސް އަހަރުގެ ތެރޭގައި ހިތްފަސޭހަ މާހައުލެއް ދިވެހިންނަށް ގާއިމްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދިން ގޮތުގައި އަތޮޅުތެރޭ ގިނަ ރަށްތަކުގައި ހުރި ޕަބްލިކް ވާރކްސްގެ ސައިޓުތައް ނުވަތަ އާންމު ހިދުމަތާ ގުޅޭ ތަންތަން ހުރީ ހަލާކުވެ ވީރާނާވެފައެވެ. މި ތަންތަން މަރާމާތު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ބުނިއެވެ.
އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ޚިދުމަތް ގާއިމްކުރުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށް ވިދާޅުވިއެވެ.

