ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑައެޅިފައިވާ އޮތް މިންގަނޑުން ބޭރުން ލައިސެންސް ދޫކޮށްފައިވޭ : މިނިސްޓަރ

ކަނޑައެޅިފައިވާ އޮތް މިންގަނޑުން ބޭރުން ލައިސެންސް ދޫކޮށްފައިވޭ : މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ބައެއް އޭރިޔާ ތަކުގައި ކަނޑައެޅިފައިވާ މިންގަނޑުގެ ބޭރުން އެސެސް ކުރުމެއްނެތި ލައިސެންސް ދޫކުރަމުން ގެންދާކަމަށް ޓްރާސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ، އަތޮޅުތަކުގެ ޙިދުމަތް ދެއްވަމުން ގެންދަވާ ފަރާތްތަކަށް ބަލާއިރު،ކައުންސިލްތަކުގެ ބައެއް ހިސާބުތަކުގައި ކަނޑައެޅިފައި އޮތް މިންގަނޑުން ބޭރުން އެސެސް ކުރުމެއްނެތި ލައިސެންސް ދޫކުރަމުން ގެންދާކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ވަގުތުން ފިޔަވަޅު އެޅުން ނޫން ކަމަށެވެ. އަދި އެ ވުޒާރާގެ ތެރޭގައި އެކަމަށް ނިޒާމެއް އެކުލަވާލައިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ނިޒާމުގެ ތެރެއިން ހުއްދަ ދެވިފައިވާ ދާއިރާތައް އޮޑިޓް ކުރުމަށް ފަހުގައި ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅު ކުރުމަށް ދާއިރާތަކަށް ވަގުތު ދެވިގެން ދާނެ ކަމަށާއި އަދި އެ މުއްދަތު ތެރޭގައި ރަނގަޅުނުކުރެވޭ ނަމަ އެ ދެވިފައިވާ ހުއްދަތައް ބާތިލު ކުރާ ހިސާބަށް ދާނެ ކަމަށާއި ނަމަވެސް އުއްމީދަކީ އެކަން އެހެން ނުވުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޤަވާއިދުން އޮޑިޓް ކުރެވޭނަމަ ކައުންސިލް ތަކުންވެސް ކުރައްވަމުން ގެންދާ މަސައްކަތް ތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބަކީ މަގުމަތީގައި ސަލާމަތްތެރިކަމަށްޓަކައި ވެހިކަލް ވަކި ފެންވަރަކަށް ދުއްވައި ގެންދިޔުމަށް ފަހުގައި ނޫނީ ލައިސަންސް ދޫ ނުކުރަން ކަމަށެެވެ. އަދި ލައިސެންސް އެގޮތަށް ދޫކުރެވޭނަމަ މަގުމަތީގެ އާންމު ފަރާތްތަކުގެ ސަލާމަތްތެރިކަމާއި އަދި ވެހިކަލް ދުއްވާ ބޭފުޅުންގެ ސަލާމަތްތެރިކަމަށްވެސް އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

“ ނުރައްކާތެރި ކަމެއް ވެދާނެތީ އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅު ތަކެއް އަޅާނަން. “ މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: