ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް އެވިޑްގައި ފެށިގެން ދިއުމަކީ ހުޅުވިގެން ދިޔަ ރަނުގެ ފުރުސަތެއް: ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް އެވިޑްގައި ފެށިގެން ދިއުމަކީ ރާއްޖޭގައި މަތީ ތައުލީމު ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެން ދިޔަ ރަނުގެ ފުރުޞަތެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް ކިޔަވައިދިނުން ފެށުމަށް ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޑރ. ޝަހީމްއެވެ. އެ ހަފްލާގައި ޑރ. ޝަހީމް ވިދާޅުވީ އެވިޑް ކޮލެޖުން ރާއްޖޭގެ ތަޢުލީމަށް ކުރަމުން ގެންދާ ޚިދުމަތް ފާހަގަ ކުރައްވާ އެކޮލެޖުން ފާހަގަ ކުރެވޭ އެތައް ދަރިންނެއް މަސައްކަތުގެ މައިދާނަށް ދޫކުރައްވާފައިވާ ކަމަށެވެ.

މިއީ ދިވެހި ލޮބުވެތި ދަރިވަރުން އާ އުސްމިންތަކަށް އެރުމަށްޓަކައި އަރަންވީ އަގުހުރި ފާލަމެއް ކަމަށާއި މިދާއިރާއިން ކިޔަވަން ބޭނުންވާ ހުރިހާ ދަރިވަރުން ވެސް، މިފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، ތަޢުލީމީގޮތުން އުސްމިންތަކަށް ދަތުރުކުރުމަށް ހިތްވަރާއި އެކު މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޯސްތަށް ހިންގުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެވިޑް ކޮލެޖުން ދެމުންގެންދާ ހިދުމަތް ފުޅާކުރުމާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމެވެ.  އަދި ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުން އެ ފަރާތްތަކުން ގެންގުޅޭ އުސޫލުތަކާއި އުކުޅުތައް ދަސްވުމުގެ އިތުރުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ލައިބްރަރީއަށް އެވިޑް ކޮލެޖްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެކްސެސް ލިބިގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާކަން އެކޮލެޖުން ފާހަގަކުރައްވައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: