ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއިލް ޕާސްޕޯޓް މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

”އެކްސް“ ގައި ހިއްސާކުރި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ މަޖިލީއަށް ބިލު ހުށައަޅައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކާއިލް ޕޯސްޓުގައި ވިދާޅުވެފައިވަނީ އެމްޑީޕީން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރާ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އިސްރާއީލްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ރާއްޖެ އެތެރެވުން މަނާކޮށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ކަމަށެވެ.

ބިލު ހުށައެޅުމުގެ ބޭނުމަކީ އިޒަރާއިލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން ކަމަށް އެބިލުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖެއަށް އިޒްރާއީލްގެ ރައްޔިތުން އެތެރެވުން މަނާ ކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވީ ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތް ކަަމަށާއި ސީދާ ގާނޫނަށް ގެންނަ ބަދަލުވުން އަދި ފިޔަވަޅު އެޅުން އަވަސްކުރުމަށް ވަނީ ގޮވާލާފައެވެ.

އިމިގްރޭޝަން ގާނޫނަށް ގެންނަ ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ (7)ވަނަ ނަމްބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަމްބަރެއް އިތުރު ކުރުމެވެ.

8 ވަނަ މާއްދާގެ (ހ) ގައި ވަނީ އިސްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިސްރާއީލްގެ ޕާސްޕޯޓްގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނެއެވެ)

އެ ގާނޫނަށް އަމަލު ކުރަން ފެށާނީ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

ސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: