ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ ކުރީގެ ރައީސް މަހްމޫދް އަހުމަދީންއީޖާދު ކެންޑިޑަސީ ހުށައަަޅައިފި!

އީރާނުގެ ކުރީގެ ރައީސް މަހްމޫދް އަހުމަދީންއީޖާދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ކުރީގެ ރައީސް މަހްމޫދް އަހަމުދީންއީޖާދު އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރެޖިސްޓަރކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އިރާނުގެ މަޝްހޫރު ކުރީގެ ރައީސް އަހުމަދީންއީޖާދު ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ނަން ހުށައަޅާފައެވެ. އަދި އޭނާ އަނެއްކާވެސް މަސައްކަތްކުރަމުންދަނީ އެ ގައުމުގެ އެންމެ އިސް ސިޔާސީ މަގާމު ކާމިޔާބުކުރަންކަމަށް ރިޕޯޓުތަކުގައިވާއިރު، އިންތިހާބެއް ބޭއްވުމަށް ނިންމާފައިވަނީ އެގައުމުުގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި ނިޔާވުމާއިއެކު ކަން ފާހަގަކުރެވެއެެވެ.

ކުރީގެ ރައީސް އަހުމަދީންއީޖާދު ނަން ހުށައެޅުއްވުމުން އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޙުމައިނީއަށް ޕްރެޝަރުތަކެއް އަންނަކަމަށްވެސް މީޑިއާތަކުން ފާހަގަކުރާއިރު، މީގެ ކުރިން 2021 ގައިވެސް މި މައްސަލަތައް ކުރިމަތިވިކަމަށާއި އެހެންނަމަވެސް އެ އަހަރު ކަމާއި ބެހޭ ފަރާތްތަކުންވަނީ އިންތިހާބުގައި ވާދަކުރުން މަނާކޮށް ހުއްޓުވާފައިކަމަށް ބުނެފައިވެއެވެ.

ހިޓްލަރު ޔަހޫދީންނަށް ކަން ކުރި ކަމަށް ބުނާ ގޮތާއި އިންތިހާއަށް ތަފާތުކޮށް ހިޔާލުތައް ހިއްސާކުރާކަމަށް ފާހަގަކުރެވުނު ލީޑަރެއްކަމަށްވާ އަހުމަދީންއީޖާދު ރައީސްކަމަށް ކުރިމަތިލާފައިވަނީ އީރާނާއި ހުޅަނގުގެ ގައުމުތަކުގެ ދެމެދު މައްސަލަތައް ހޫނުވެފައިވާ ދަނޑިވަޅެއްގައިކަމަށާއި ފަލަސްތީނުގައި ހިންގަމަންދާ ހަނގުރާމައިގައި އެ ގައުމާއި އިސްރާއީލާއި ދެމެދުވެސް ހަމަލާތައް ބަދަލުކުރެވެމުންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: